މުރާކި: ފައިދާތައް ގިނަ، އާންމު މޭވާއެއް

ފާތިމަތު ފަޔާޟާ
މުރާކި މުރާކި

އަހަރެމެން ވިހައެއް ކަމަށް ބަލާ މުރާތްކަކީ ސިއްހީ ފައިދާތައް ގިނަ އެއްޗެކެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހެދޭ މި ކުޑަކުޑަ ގަހުގައި އަޅާ ކުޑަކުޑަ މޭވާ ކައި އުޅެނީ މަޖަލަކަށެވެ. އަނގައިގެ ތެރެއަށް މި މޭވާ ފެޅޭއިރު ކުއްލިއަކަށް އެ ދޭ ހުތް ފޮނި ރަހަ ކަމުދަނީ އެވެ. 

މިއީ ރާއްޖޭގައި މީގެ ކުރިން ވަރަށް ގިނައިން ހެދޭ ބާވަތެއް ނަމަވެސް މިހާރު ވަރަށް މަދެވެ. އެކަމަކު މިއީ އާލާކޮށް، އާންމުކޮށް ބޭނުންކުރާ މޭވާއަކަށް ހެދިދާނެ އެވެ. މިއީ ރާއްޖޭގައި ފަސޭހައިން ހެއްދޭނެ ފައިދާހުރި މޭވާއެކެވެ.

ގާތްގަނޑަކަށް 140 ގްރާމްގެ މުރާކީގައި 74 ކެލަރީ ހުރެއެވެ. މީގެ ބޮޑު ބައި ހިއްސާކުރަނީ ކާބޯހައިޓްރޭޓްސް އެވެ. މި މިންވަރުގައި ހަ ގްރާމް ފައިބަ ހުރެ އެވެ. މިއީ ދުވާލަކަށް ބޭނުންވާ މިންވަރުުގެ 20 ޕަސެންޓެވެ.

މުރާކީގައި ހިމެނޭ ނިއުޓްރިޝަންސް ގެ ތެރޭގައި:

- ކެލޮރީސް 74 ގްރާމް

- ކާބްސް 6 ގްރާމް

- ޕްރޮޓީން 2.7 ގްރާމް

- ފެޓް 1 ގްރާމް

- ވިޓަމިން ސީ:

އަންހެނަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެމ21 ޕަސެންޓް, ފިރިހެނަކަށް 17 ޕަސެންޓް ހިމެނެއެވެ.

- ތިއަމިން:

އަންހެނަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ 14 ޕަސެންޓް, ފިރިހެނަކަށް 13 ޕަސެންޓް ހިމެނެއެވެ.

ރައިބޯފްލެވިން: 

ދުވާލަކަށް ބޭނުންވާ މިންވަރުގެ, 5 ޕަސެންޓް ހިމެނެއެވެ.

ނަޔަސިން:

އަންހެނަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ 28 ޕަސެންޓް, ފިރިހެނަކަށް 25 ޕަސެންޓް ހިމެނެއެވެ.

ވިޓަމިން އޭ:

އަންހެނަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ 7 ޕަސެންޓް, ފިރިހެނަކަށް 6 ޕަސެންޓް ހިމެނެއެވެ.

އަޔަން:

އަންހެނަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ 8 ޕަސެންޓް, ފިރިހެނަކަށް 18 ޕަސެންޓް ހިމެނެއެވެ.

ފޮސްފަރަސް:

ދުވާލަކަށް ބޭނުންވާ މިންވަރުގެ, 5 ޕަސެންޓް ހިމެނެއެވެ. 

އަދި މީގެ އިތުރުން މުރާތްކަކީ ބީޓާ-ކެރޮޓީން މަތީ މިންވަރަކަށް ހުންނަ އެއްޗެކެވެ. ކޮންމެވެސް ވަރަކަށް ކެލްސިއަމް ވެސް ހުރެ އެވެ. އަދި މަތީ މިންވަރަކަށް އެންޓި އޮކްސިޑެންޓާއި އެންޓި-އިންފްލެމޭޓަރީ މާއްދާތައް ވެސް ހުރެ އެވެ.

އިންސާނުން ބޭނުންކޮގެން، މުރާކީގެ ފައިދާތަކުގެ އަޖުމަ އަދި މިހާތަނަށް ބަލައިފައެއް ނުވެ އެވެ. އެކަމަކު މީގެ ނިއުޓްރިޝަނަށް ބަލާއިރު މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެއް ކަމަށް ގަބޫލުކުރެވެ އެވެ.

މިއީ ބޭރުގައި އޮންނަ ތޮށި ނޮޅާލައި، ހަމަ އެ އޮންނަ ގޮތަށް ކާލުމުގެ ބަދަލުގައި ފުރުޓް ސެލެޑް، ސްމޫތީ، ޗޮކްލެޓް ޑިޒަޓާއި، މަހުގެ ބާވަތްތަކާ އެކު ބޭނުންކުރަން ސޯސް ހަދައިގެން، ނުވަތަ ޖޭމު ހަދައިގެން އަދި ޔޯގަޓާ އެކު ވެސް ކެވިދާނެ އެއްޗެކެވެ.ކިޔުންތެރިންގެ ހިޔާލު