ޝެންކްރޮއިޑް: ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް!

ޢަލީ ޔާމީން

ޖިންސީ ގުޅުމުގެ ޒަރީއާއިން ޖެހޭ ބަލިތަކަކީ ގިނަ ފަހަރަށް ވަރަށް ނުރައްކާތެރި ބަލިތަކެކެވެ. އޭގެ ތެރޭގައި އެޗް.އައި.ވީ ނުވަތަ އޭޑްސް އާއި، ހެޕަޓައިޓިސް ބީ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. ޝެންކްރޮއިޑް އަކީވެސް ޖިންސީ ގުޅުމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

ޝެންކްރޮއިޑް އަކީ ކޮބާ؟

ޝެންކްރޮއިޑް އަކީ ''ހީމޯފިލަސް ޑުކްރެއި''(Haemophilus ducreyi)އޭ ކިޔޭ ބެކްޓީރިއާ އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. 

ބަލި ޖެހެނީ ކިހިނެއް؟

ޝެންކްރޮއިޑް ޖެހެނީ ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގުމުން ނުވަތަ ބައްޔާއި ގުޅިގެން ޖިންސީ ގުނަވަނުގައި އުފެދޭ ފާރުކޮޅުގައި ބީހުމުންނެވެ. ގިނަ ފަހަރަށް މި ބަލި އަންހެނުންނަށް ޖެހުމުން ރޭކާވެސް ނުލައިދެއެވެ.

ފެނިދާނެ އަލާމާތްތައް

  • ޖިންސީ ގުނަވަން، ކުރިމަތި ފަރާތް، ތުންފަތް، އަދި އަނގައިގެ ތެރޭގައި ފާރުކޮޅުތަކެއް އުފެދުން
  • ފާރުކޮޅު ހުންނަ ހިސާބުގައި ވަރަށް ގަދަޔަށް ތަދު ހުންނަ ގޮތްވުން
  • އުކުޅުވަޅު ގައި ގޮށްލުން ( އާންމުގޮތެއްގައި ގޮށްލަނީ ކޮންމެ ވެސް އެއްފަރާތެއްގެ އުކުޅު ވަޅު ގައެވެ.)

ރައްކާތެރިވާނީ ކިހިނެއް؟

  • އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން
  • ބަލިޖެހިފައިވާނަމަ، ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
  • ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
  • އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުން


މަސްދަރު: ޑރ. އަބްދުލް އަޒީޒް ހަމީދު

ކިޔުންތެރިންގެ ހިޔާލު