މަޖާ, ފަނޑުވެ ނުދާ ސަޤާފަތެއް!

ފާތިމަތު ފަޔާޟާ

"މަޖާ"މީ މިއަދުވެސް ދިވެހިންގެ ތެރެއިން ގިނަބައެއްގެ މެދުގައި ވަރަށް މަޤުބޫލުއެއްޗެކެވެ. މަޖާ ހަދާކަމުގައި ވަނީ ނަމަ އަދިވެސް ގިނަވާނީ ހެލެނބެއްޔާއި ރިހާކުރު ނާޅައި މަޖާ ނުވާ މީހުންނެވެ. ރިހާކުރާއި ހެލެނބެއްޔާއި ފިޔާ މިރުހުގެ ތެރެއަށް ހުތް އަނބު ނުވަތަ ފަޅޯ އަޅައިގެން ހަދާ މަޖާގަނޑުގެ ރަހަގަނޑު އަހަރެމެން އެންމެންނަށްވެސް އެނގެ އެވެ. އެހެންނަމަވެސް ކުރިޔާ ޚިލާފަށް މަޖާއަށް އަޅާ ބައެއްބާވަތްތައް މިހާރު ވަނީ ކޮންމެސްވަރަކަށް ތަފާތުވެފައެވެ.

ކިހާ، ފަޅޯ، ލުނބޯ، ކުންނާރު, ހުތް އަނބު، ރިހާކުރު، އާފަލް، ކެރޮޓް، ލޮނުމިރުސް، ފިޔާ, ހެލެނބެނލި ހުތް, ކިހާ މީ ޒަމާނީމަޖާގަނޑެއްގައި ކޮންމެހެންވެސް ހުރުން ލާޒިމް ބާވަތްތަކެވެ.

މަޖާ ތައްޔާރުކުރާގޮތް:

ލޮނުމިރުސް، ލުނބޯ، ރިހާކުރު، ފިޔާ, ހެލެނބެނލި ހުތްލާފައި މިކްސް ކޮށްލާނީ އެވެ. އަދި ކޮށާފައި ހުރި ފަޅޮލާއި އަނބާއި އެނޫން ވެސް ބާވަތްތައް އެއްކޮށް މޮޑެލާ ށެވެ. އެއަށްފަހު، މޮޑުނު މިކްސްގެ ތެރެއަށް، ކޮށާފައި ހުރި ކިހާ އެއްކޮށްލުމުން މަޖާ ތައްޔާރުކޮށްލެވުނީ އެވެ.

ގިނަ މީހުން ބުނާގޮތުން އާންމުކޮށް މަޖާގަނޑު ތައްޔާރުކޮށް އުޅެނީ މެންދުރުގެ އަވި ގަދަ ވަގުތު ގޭގެ އެންމެން އެއްތަންވެގެން ވަރަށް އާއިލީ އަދި އިޖުތިމާއީ ގޮތަކަށެވެ. އެހެންވީމަ އެންމެ މަޖަލީ މެންދުރުގެ އަތްވާއެކު ކުޅިކޮށް ކާލާ މަޖާގަނޑެވެ. 

މީގައި އެންމެ ހިތްގައިމީ ގޮނޑުދޮށުގައި މޫދަށް އެރި ތެމިލައިގެން އައިސް މިއިން މަޖާކޮޅެއް ކާލުމުނެވެ.

ކިޔުންތެރިންގެ ހިޔާލު