ފެނުގައި ދިރިއުޅޭ، އިންސާނުންގެ ނަޞްލެއް.

ޙަދީޖާ އަލީ
ބަޖާއު ޤަބީލާގެ ކުއްޖަކު މަސްހިފަނީ ބަޖާއު ޤަބީލާގެ ކުއްޖަކު މަސްހިފަނީ

އަޅުގަނޑުމެން އިންސާނުން އުފައްދަވާފައިވަނީ، އެއްގަމުގައި ދިރިއުޅެވޭނެ ސިފަތަކާއި އެކުގައެވެ. މޫދުގައި ނުވަތަ ފެނުގައި ދިރިއުޅެނީ މަސްމަހާމެއްސެވެ. ނަމަވެސް މޫދަކީ ގެދޮރުކަމަށްދެކިގެން އުޅޭ ބޮޑު "ޤަބީލާ" އެއްގެ ވާހަކަ ބުނިއްޔާ ގަބޫލުކުރާނަންހެއްޔެވެ؟ ދައްކަން މިއުޅެނީ "ބަޖާއު" ޤަބީލާ ނުވަތަ ނަސްލުގެ މީހުންގެ ވާހަކައެވެ.

ތާރީޚް

ބަޖާއު ޤަބީލާމީހުންނާއި ބެހޭގޮތުންލިޔެވިފައިވާ ތާރީޚެއް ފެންނަން ނެތްނަމަވެސް ތުންތުންމަތިން އިވޭވަހާކަތަކުގައިވާ ގޮތުންނަމަ، މިޤަބީލާ ނިސްބަތްވަނީ ފިލިޕީންއަށެވެ. ނަމަވެސް ފިލިޕީންސް ސަރުކާރުންވެސް މިއީ އެގައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިގަނެފައެއްނުވެއެވެ. މި ޤަބީލާފެށިގެން އައިގޮތާއި ބެހޭގޮތުން އިވޭ އެންމެ މަޝްހޫރުވާހަކައަކީ، އެހިސާބުގެ ރަސްކަލެއްގެ ދަރިކަނބަލަކު ގެއްލިގެން (ފެންބޮޑުވެގެން ނޫނީ ގަސްތުގައި ބަޔަކުވަގަށް ނަގައިގެން) އެކަމަނާ ހޯދައިގެން ގެނައުމަށް ރަސްގެފާނު ބަޔަކަށް އަމުރުކުރެއްވުމުން، އެކަމަނާހޯދުމަށް އެތައް މަސައްކަތެއް ކުރުމަށްފަހުވެސް ނުފެނުމުން، އެވާހަކަ ރަސްގެފާނަށް ދަންނަވައިފިނަމަ ކޯފާވެ އަދަބެއް ދެއްވާފާނޭކަމުގެ ބިރަށް، ގަނޑުވަރަށް ނުދާންވެގެން މޫދުގައިމަޑުކުރިގޮތަށް، މޫދުގައި އާބާދުވީކަމަށްއިވޭ ވާހަކައެވެ.

ދިރިއުޅުން


މެލޭޝިޔާ، އިންޑޮނޭޝީޔާ އަދި ފިލިޕީންސްގެ އައްސޭރިއާއި މާ ދުރުނޫންހިސާބު މޫދުގައި ދިރިއުޅޭ މިޤަބީލާ މީހުންނަކީ އެމީހުންގެ ދާއިމީ ވަޒަނެއް ނެތްބައެކެވެ. މިގޮތަށް މޫދުގައި ދިރއުޅުނު އެތައްޤަބީލާއެއް ވެއެވެ. ނަމަވެސް ބަޖާއު މީހުންނަކީ މިއަދާހަމަށް މިހެން އުޅެމުންއަންނަ ހަމައެކަނި ޤަބީލާއެވެ. ކުދި ބޯޓުތައް އަމިއްލައަށް ހަދައިގެން އޭގައި ދިރިއުޅުމުގެ ހުރިހާކަމެއް ހަމަޖެހިފައި ހުރުމުން އެއްގަމަށް ގޮސްކުރަންޖެހޭ އެއްވެސް ކަމެއް މި މީހުންގެ ނުހުރެއެވެ. ބައެއްމީހުން ކުދި ގެތައްވެސް ހަދާފައި ހުރެއެވެ. ނަމަވެސް މިއީ ބޭނުންވެއްޖެ ކޮންމެ ހިނދަކު އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހުންނަ ޖިފުޓި ތަކެކެވެ. ދަރިންވިހެއުމުން ފެށިގެން ބައްޔެއްވިޔަސް އެކަމަށް ފަރުވާހޯދަނީވެސް މޫދުންނެވެ. އެންމެ ތުއްތުކުއްޖާވެސް ފެނުތެރޭގައި ސަލާމަތްވާނެ އުކުޅުތައް ދަނެއެވެ. މިމީހުންނަށް ގަޑި، އުމުރު، ތާރީޚް ކަލަންޑަރު ފަދަ އެއްވެސް އެއްޗެއް ނޭނގެއެވެ. ބަލާކަށް ބޭނުމެއް ވެސް ނުވެއެވެ.

މި ޤަބީލާމީހުން ތަފާތު 10 ބަހަކުން ވާހަކަ ދައްކައެވެ. ކޮންމެބަޔަކުވެސް ދިރިއުޅޭހިސާބާއި އެންމެކައިރީގައިވާ ގައުމެއްގެ މީހުންގެ ބަސްދަސްކުރެއެވެ. ވަކިތަނެއްގައި މަޑުކުރުމެއްނެތި އަބަދު ދަތުރުކުރާބަޔަކަށްވުމުން ގިނަބަސް ދަސްވެފައި ހުންނަނީއެވެ. ބަޖާއު މީހުންގެ ތެރެއިން 95 އިންސައްތަމީހުންނަކީ ސުންނީ މުސްލިމުންނެވެ. މިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ އެންމެކާރީގައި އޮތް ހިކިފަސްތަނަކަށް ގެންގޮސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހިނަވާކަފުންކޮށް ވަޅުލަނީ، ކަށުނަމާދު ކުރުމަށްފަހުގައެވެ.

ދިރިއުޅެންބޭނުންވާ ތަކެތި ހޯދުން

ބަޖާއު މީހުންނަކީ މަސްވެރިކަމަށް ނުހަނު މޮޅުބައެކެވެ. ކަނޑުގެދިރުން ހިފާ، ކައިރީގައިވާ ޤައުމުތަކަށް ނުވަތަ އެހިސާބުން ދަތުރުކުރާ ބޯޓުފަހަރަށް ވިއްކައިގެން ބަދަލުގައި އަންނައުނު، ތެލިތަށި އަދި ގެދޮރާއި ބޯޓުހެދުމަށްބޭނުންވާ ލަކުޑިފަދަ ތަކެތި ހޯދައެވެ. ފައިސާއަކީ މުހިއްމު އެއްޗަކަށް ނުވެއެވެ. މިމީހުން މަސްވެރިކަންކުރަނީ ދަލާއި ނަނު ބޭނުންކޮށްގެންނެވެ. އަދި އަމިއްލައަށް ހަދާފައިވާބަޑިވެސް މަސްހިފުމަށް ބޭނުންކުރެއެވެ.

ކަނޑުއަޑީގައި އުޅުމުގެ ހުނަރު


މޫދު ނުވަތަ ޕޫލެއްގެ އަޑިޔަށްގޮސް ނޭވާ ހިފަހައްޓާލައިފިނަމަ، ހިތުގެވިންދު ލަސްވެ، ނާރުތައްހިމަވެ، ހުންކޮށިފިތޭނެއެވެ. މިއަށްކިޔަނީ، "ޑައިވިންގ ރެސްޕޮންސް"އެވެ. މިހުރިހާބަދަލެއް ހަށިގަނޑަށް އަންނީފެނުއަޑީގައި އޮކްސިޖަންލިބުންމަދުވުމުން، ހަކަތަ ރައްކާތެރިކުރުމަށެވެ. ގިނަ މީހުންނަށް ފެނުއަޑީގައި ނޭވާ ހިފަހައްޓާލެވެނީ މަދު ސިކުންތުކޮޅަކަށެވެ. ބައެއްމީހުންނަށް ދެތިން މިނެޓް ފެނުއަޑީގައި ހޭދަކޮށްލެވެއެވެ. ނަމަވެސް ބަޖާއު މީހުންގެ ތެރޭގައި 200 ފޫޓު އަޑީގައި 13 މިނިޓް ފީނާމީހުންއުޅެއެވެ. މިގޮތަށް 230 ފޫޓުއަޑިއަށް ވެސް ގޮސް އުޅެއެވެ. 60 ފޫޓުއަޑިގައި އެތައްއިރަކު އުޅެވެއެވެ. މިގޮތަށް ދުވާލަކު އެވްރެޖް 5 ގަޑިއިރު މޫދުގައި އުޅުމަކީ މިމީހުނަށް އާންމުކަމެކެވެ. ބަޖާއު މީހުންގެ މި ހުނަރުގެ އަސްލު ދެނެގަތުމަށް 2018 ވަނައަހަރު ހެދުނު ދިރާސާއަކުން ދައްކާގޮތުގައި، އެހެން އިންސާނުންނަށްވުރެ ބަޖާއު މީހުންގެ ހުންކޮށި 50 އިންސައްތަބޮޑެވެ. ހުންކޮށްޓަކީ އެއާނުލާވެސް ދިރިހުރެވޭ ގުނަވަނެކެވެ. ނަމަވެސް ހުންކޮށި އިންނަނަމަ އޭގެ ސަބަބުން ދިފާޢީ ނިޒާމްވަރުގަދަކޮށް، ލޭގައި ހިމެނޭ ރަތްސެލްތައް ތާޒާކުރަމުން ގެންދާނެއެވެ. ރަތްސެލްއަކީ އޮކްސިޖަން އުފުލާ ސެލްއެވެ. އެހެންކަމުން ހުންކޮށި ބޮޑުވި ވަރަކަށް، ރަތްސެލްގިނަވެ އޭގެ ޒަރިޢާއިން ގިނަ އޮކްސިޖަން ރައްކާކުރެވޭނެއެވެ.

ބަޖާއުމީހުނަށް ލިބިފައިވާ އަނެއް ހުނަރަކީ، މޫދުއަޑީގައި ރީތިކޮށް ލޮލަށް ފެނުމެވެ. އެއްވެސް މާސްކެއް ބޭނުންކުރުމެއްނެތި ކުދިމަހާއި އިތާމުތް ފަދަތަކެތި ނެގުމަކީ އެމީހުނަށް އުނދަގޫކަމެއްނޫނެވެ. ބަޖާއުމީހުން އަބަދު ފީނާއުޅުމުގެ ސަބަބުންވަރަށް ގިނަ މީހުންގެ "އިއަރ ޑްރަމް" ހުންނަނީ ފަޅައިގެން ގޮސްފައެވެ. ބައެއްމީހުން ޑައިވްކުރަން އުނދަގޫވާތީ ގަސްތުގައި ވަރަށް ޅައުމުރުގައި "އިއަރ ޑްރަމް"ފަޅާވެސް ލައެވެ. އެހެންކަމުން ޖުމްލަކޮށް ފިރިހެންވެރިންނަށް އަޑުއިވޭނީ ވަރަށް ބާރަށް ވާހަކަދައްކައިގެންނެވެ.

މިޤަބީލާގެ މީހުންނަކީ ވަރަށް ފަންނުވެރިބައެކެވެ. މިމީހުންގެ ކުރެހުންތަކަކީ އިންޑޮނޭޝިޔާގައި ވަރަށް މަޤްބޫލު އެއްޗެކެވެ. މިމީހުންބޭނުންކުރާ ބޯޓްތައްވެސް ތަރައްޤީވަމުން އައިސް މިބޯޓުތައްވެސް މިހާރު ހުންނަނީ ވަރަށް ރީތިގަދަކުލަކުލައި ޖަރީކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު
21
އަ ހޭވް ސީން އަ ވެރީ އިންޓަރެސްޓިންގް ޑޮކިއުމެންޓްރީ އަބައުޓް ދީސް ޕީޕަލް.
Sajid Tom
ދިބަލަ
ޙ
ދެންހަމަ ދިވެހިން ލިޔެނުލެވުނުތަ އަޅެ. އަމައްޔާއި! 😂
22
ކެން ޔޫ ގިވް މި އަ ލިންކް އޯ ޓައިޓްލް.
ޚުޘޠ
https://youtu.be/pwiVtjNVGoQ
223
ވަޓް އިސް އަ ހުންކޮށި. ޑޯންނޯ ވީމަ އަ ހާލީ. ސަމް ވަން ޕްލީސް ބުނެލަ ގިވް
މާޒް
ހުންކޮށްޓަކީ އިނގިރޭސިން ނަމަ ސްޕްލީން
މާލޭ މީހާ
މާލޭ މީޙުންވެސް ދެން ތިހެން އުޅެންޖެހޭނީ.. ރާއްޖެތެރޭ މީޙުން ނޭދޭ މާލޭ މީހުނައް މާލެންވެސް އެމީހުންރަށުންވެސް ބޯހިޔާވަހިކަމެއް ލިބޭކައް :)