ފިރިހެނުން ރީތިކޮށް ތިބުމަށް މި 5 ބާވަތް އޮފީހަށް ގެންދެވިދާނެ

އައިޝަތް ޝިމްނާ
ފިރިހެނުންވެސް ރީތިކޮށް ތާޒާކޮށް ތިބުމަށް އިސްކަންދޭންވާނެ ފިރިހެނުންވެސް ރީތިކޮށް ތާޒާކޮށް ތިބުމަށް އިސްކަންދޭންވާނެ

އަންހެނުންނެކޭ  އެއްފަދައިން ފިރިހެނުންނަކީވެސް ރީތިކޮށް ތަޒާކޮށް ތިބުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ބައެކެވެ.  ބޭރުތެރޭކގެ އިތުރުން އޮފީސް މާހައުލުގައިވެސް ތާޒާކޮށް ތިބުމަށް އިސްކަންދޭންޖެހޭނެއެވެ. އެގޮތުން އޮފީހުގައި އުޅޭވަގުތުތަކުގައި ބޭނުންކުރުމަށް ފިރިހެނުންނަށް މިތަކެކެތި އޮފީހަށް ގެންދެވިދާނެއެވެ

ފޭސްވޮޝް

ތާޒާކޮށް މޫނު ބެެހެއްޓުމަށް ފޭސްވޮޝް މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން ފިރިހުންވެސް އޮފީހަށްދާއިރު ފޭސްވޮޝްއެއް ގެންދަންވާނެއެވެ. އަދި އެފޭސްވޮޝްއަކީ އެމީހެއްގެ ހަމާއި ގުޅޭ، ގުދުރަތީ މާއްދާތައް އެކުލެވިގެންވާ އެއްޗަކަށް ވާންވާނެއެވެ. 

ބީބީކްރީމް

ބީބީކްރީމް އާންމުގޮތެއްގައި ބޭނުންކުރަނީ އަންހެނުންނެވެ. ނަމަވެސް މިހާރު ފިރިހެނުންނަށް ޚާއްސަ އެކި ބްރޭންޑްތަކުގެ ބީބީކްރީމް ހުރެއެވެ. ބީބީކްރީމްއަކީ މޫނުގައި ހުންނަ ބިހިތައް ފޮރުވައިދޭ އަދި ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް އެހީތެރިވެދޭއެއްޗެކެވެ. އެެހެންކަމުން އޮފީހަށްދާއިރު އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންވެސް ބީބީކްރީމް ގެންދަންވާނެވެ.

މޮއިސްޗަރައިޒރ

މޮއިސްޗަރައިޒަރ ކިތައްމެ ގިނައިން ބޭނުންކުރިއަސް މައްސަލައަކަށް ނުވާނެއެވެ. ތެޔޮކޮށް ހަންގަނޑު ހުރި ނަމަވެސް ގިނަގިނައިން މޮއިސްޗަރައިޒަށް ބޭނުންކުރަންވާނެއެވެ. 

ލިޕްބާމް

އޭއާރކޮންޑިޝަން ކޮއްފައި ހުންނަ ތަންތާގެ ތެރޭގައި މަސައްކަތްކުރާއިރު ހަންގަނޑު ކުރަކިވާން ދިމާވެއެވެ. އެގޮތުން ތުންފަތުގެ ހަންގަނޑުކުރަކިވިޔަ ނުދިނުމަށް ހަންގަނޑާއި ގުޅޭ ރަނގަޅު ލިޕްބާމެއް އަބަދުވެސް ގެންގުޅެވިދާނެއެވެ

ކޮލޯން

އޮފީހުގައި ގިނަ މީހުންގެ ތެރޭގައި މަސައްކަތް ކުރާއިރު ގައިން ނުބައި ވަސް ދުވާނަމަ އެހެން މީހުންނަށްވެސް އުދަގޫވާނެއެވެ. ނަމަވެސް އެވާހަތަކަށް ތިމާގެ ކަންފަތާއި ހަމަޔަށް އަންނާނީ މަދު ފަހަރަކުއެވެ. އެފަދަ ކަންތައްތަަކުން ދުރުހެލިވުމަށް އަބަދުވެސް ކޮލޯން ފަދަ މީރުވަސް ދުވާއެއްޗެއް އޮފީހުގައި ގެންގުޅެވިދާނެއެވެ.

މިތަކެތި އޮފީހުގައި ބަހައްޓާފައި ހުރުމަކުން އަދި ނުނިމެވެ. މީގެ ނަތީޖާފެންނާނީ އާދަކޮށް މިިގޮތަށް އަމަލުކުރުމުންނެވެ.




ކިޔުންތެރިންގެ ހިޔާލު