ގޭގަ ބޭނުންކުރާ ބައެއް ކަރަންޓު ސާމާނު ގިނަދުވަހު ގެންގުޅުމަށް ސާފްކުރާނެ ގޮތް

އައިމިނަތު ޔުމްނާ
ގޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ސާފުކޮށް ބެހެއްޓުން ގޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ސާފުކޮށް ބެހެއްޓުން

ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަގޮތުގައި ގޭގައި އަންނައުނު ދޮވުމަށް ބޭނުންކުރާ ދޮންނަމެޝިން ނުވަތަ ތަށިދޮވުމަށް ބޭނުންކުރާ ޑިޝްވޮޝަރ ފަދަ އެއްޗެއްސަކީ ސާފުކުރުމަށް ބޭނުންކުރެވޭ މެޝިންތަކަށް ވާއިރު އެމެޝިންތަކުގެ އެތެރެ އަމިއްލައަށް ސާފުވާނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުންހީއެކެވެ.

ދޮންނަމެޝިންގެ އެތެރެ ނުވަތަ ޑިޝްވޮޝަރ ނޫނީ އަވަން ފަދަ އެއްޗެހީގެ އެތެރެ ސާފުކޮށް ނުބަލަހައްޓާނަމަ އެތަކެތި އަވަހަށް ހަލާކުވުމުގެ ފުރުސަތުބޮޑެވެ.

ގޭގައި ބޭނުންކުރާ މިފަދަ މެޝިން ސާފުކޮށް ބެލެހެއްޓުމުން ގިނަދުވަހު ބޭނުންކުރެވެއެވެ. ތިރީގައި މިބަޔާން ކޮށްލަނީ މިފަދަ ބައެއް މެޝިން ސާފުކުރެވިދާނެ ބައެއް ގޮތްތަކެވެ.

ދޮންނަމެޝިން

ފަހުގެ ގިނަ އޮޓޯމެޓިކް މެޝިންތަކުގައި އެތެރެ ސާފްކުރެވޭނެ ސައިކަލް އެއް އެކުލެވިގެންވެއެވެ.އެހެންކަމުން މެޝިންތެރެއަށް ކުޑަ ވިނިގަރ ކޮޅެއް އެޅިދާނެއެވެ. ޓައިޑް އަދި އޮކްސި ކްލީން ފަދަ ކުންފުނިތަކުން ދޮންނަމެޝިންގެ އެތެރެ ސާފުކުރުމަށް ހާއްސަ ޓެބްލެޓް ނުވަތަ ސައިބޯނި ވެސް ތައްޔާރުކޮށްފައި ހުރެއެވެ. މިފަދަ އެއްޗެއް ބޭނުންކޮށްގެން މެޝިން ސާފްކުރުމަށް ޖެއްސިދާނެއެވެ. ފަހުގެ މެޝިންތަކަކީ ފެނުގެ ހަރަދު ކުޑަކުރުމަށް މަދުން ފެން ބޭނުންކުރާގޮތަށް ތައްޔާރުކޮށްފައި ހުންނަ މެޝިން ކަމުން ، މިގޮތަށް މެޝިން ސާފުކޮށްލުމުން މެޝިނުގެ އެތެރޭގައި ހަރުލާ ފޮނާއި ހެދުމުގެ ކުނޑީގެ ސަބަބުން އުފެދޭނުބައިވަސް ނައްތާލައެވެ. 

އެސޯސިއޭޝަން އޮފް ހޯމް އެޕްލިއެންސް ގެ ސްޕޯރކްސް ޕަރސަން ޖިލް ނޯޓިނީ ބުނެފައިވާގޮތުގައި މެށިނުގެ ދޮރުގެ ކައިރިފަށް ވިނިގަރ ނުވަތަ ތަށިދޮންނަން ބޭނުންކުރާ ސައިބޯނިން ސާފުކޮށްލެވިދާނެއެވެ.

އައިސްއަލަމާރި

ގަވާއިދުން ފްރިޖު ސާފު ކުރާނަމަ ފްރިޖު ހުސްކުރުމަށްފަހު ފެންފޮދެއްގެ ތެރެއަށް ސައިބޯނި ކޮޅެއް އަޅައިގެން ފޮތިކޮޅަކުން ފްރިޖުގެ ބައިތައްސާފު ކުރެވިދާނެއެވެ. ހާއްސަކޮށް ފްރިޖުގައި މަހުގެ ބާވަތްތައް ބަހައްޓާބައި ގަވާއިދުން ސާފުކުރުމަކީ މުހިއްމުކަމެކެވެ. އަދި ފާރު ކައިރީ ފްރިޖު ހުންނަނަމަ ފްރިޖު ދާމާލުމަށްފަހު ފްރިޖުގެ ފަހަތުގައި ހުންނަ ހިރަފުސް ފޮޅާލުމަސްފަހު ފްރިޖުން ވައި ދައުރުކުރެވޭހެން ބެހެއްޓުން މުހިއްމެވެ.

އަވަން

އަވަން އަކީ އާންމުގޮތެއްގައި ބޭނުންކުރާނަމަ އެތެރެ ވަރަށް އަވަހަށް ހަޑިވާ އެއްޗެކެވެ. އަވަންތެރޭ ހަރުލާފައި ހުންނަ އެއްޗެހި ސާފު ކުރުމަށް ހޫނު ފެންކޮޅަކަށް ސައިބޯނި އެޅުމަށްފަހު ކޯޝަރ ލޮނުކޮޅަކާ ، ބޭކިން ސޮޑާ އަދި ތަށީދޮންނަން ބޭނުންކުރާ ސައިބޯނި އެއްކުރުމަށްފަހު އަވަންތެރެ އޭގެން އުނގުޅާލާށެވެ.ސްޓެއިންލެސް ސްޓީލް އަވަނެއްނަމަ ސްޕޮންޖު ނުވަތަ ފޮތިކޮޅެއް ސައިބޯނި ފެންފޮދަކަށް ލުމަަަށްފަހު ރަނގަޅަށް ފެލާލާފައި ސާފުކޮށްލާށެވެ.

މައިކްރޯވޭވް

މައިކްރޯވޭވް ގެ އެތެރޭގައި ހުންނަ ނުބައި ވަސްކަނޑުވާލުމަށް ޖޯޑެއް ނުވަތަ މަގަކަށް ފެންފޮދެއް އެޅުމަށްފަހު ލުނބޯއެއް ތުނިކޮށް ފޮތިފޮތި ކޮށްލުމަށްފަހު ފެންފޮދަށް އަޅާފައި 2 މިނެޓްވަރަށް މައިކްރޯވޭވް ޖައްސާލާށެވެ. އަދި އެތެރެ ސާދުކޮށްލުމަށް ސައިބޯނި ފެންފޮދަކާ ފޮތި ބޭނުން ކުރެވިދާނެއެވެ.

އިސްތިރި

އިސްތިރި ސާފުނުކޮށް ގިނަދުވަހު ބޭނުންކުރުމުން އިސްތިރީގެ ދަށުގައި ހަޑިހަރުލާ އިސްތިރި ތަތްލާގޮތްވެއެވެ. އިސްތިރި ހޫނު ކޮށްލުމަށްފަހު ދަށުގައި ޕެނަޑޯލް ގުޅައެއް އުނގުޅާލާށެވެ. އެއަށްފަހު ފޮތިގަނޑަކުން ދަށްފުހެލުމުން އިސްތިރީގެ ދަށުގައި ހަރުލާފަހުންނަ ހަޑި ނެއްޓޭނެއެވެ.




ކިޔުންތެރިންގެ ހިޔާލު
💯
👍