ނިދާއިރު ގުގުރި ދަމަންތަ؟ މިއޮތީ ހައްލު .

އައިމިނަތު ޔުމްނާ

ނިދީގައި ގުގުރި ދެމުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިލާންޖެހޭ މައްސަލައެކެވެ. ނަމަވެސްމިއީ މާބޮޑަށް ކަންބޮޑުވާންވީ މައްސަލައެއްނޫނެވެ. ގުގުރިދެމުމަށް މެދުވެރިކުރުވާ ސަބަބަކީ ނިދުމުގެ ތެރޭގައި ނޭފަތާއި ކަރުން ވައި ދައުރުވާން ދަތިތަކެއް ކުރިމަތި ވުމުން ވަށައިގެންވާ "ޓިޝޫ" ވައިބްރޭޓް ވުމުން ގުގުރިދަމާ އަޑު އުފައްދައިދެނީއެވެ. ބައެއްފަހަރު ދޫ އިންނަ ފޮޒިޝަނުން ވެސް ގުގުރި ދެމުމަށް މެދުވެރިކުރުވައެވެ. އުމުރާއި، ބަރުދަން އިތުރުވުމާއި،  ނޭވާހޮޅި ނުވަތަ ނޭފަތާއި ކަރު އުފެދިފައި ހުންނަގޮތުންނާއި، ނޭފަތުގެ ސައިނަސް މައްސަލަތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާ ބައެއްބޭސް ބޭނުންކުރުމުން އަދި ނިދަން އޮވެވޭ ގޮތަކުންވެސް ގުގުރިދަމަން މެދުވެރި ކުރުވައެވެ.

އާންމުކޮށް ގުގުރިދެމުމުގެ މައްސަލަ ދިމާވާ މީހެއްނަމަ ނިދުމުގައި ބައެއްފަހަރު އުނދަގޫތައް ކުރިމަތިވެއެވެ. އެހެންކަމުން ދުވާލު ވަރުބަލިކަން އިހުސާސްކުރެވުމާއި، އުދަގޫވުމާއި ސިއްހީއެކުމައްސަލަ ކުރިމަތިވުންހިމެނެއެވެ. މީގެއިތުރުން ނިދާތަކުގައި އިތުރު މީހަކު ނިދާނަމަ އެމީހަކަށް ގުގުރިދެމުމުން އުނދަގޫވުމުންވެސް މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. ޚާއްސަކޮށް ފިރިމީހާ ނުވަތަ އަނބިމީހާ ގުގުރިދަމާނަމަވެސް ދެމީހުންގެ މެދުގައި ބައެއްފަހަރު މައްސަލަތައް ފެންމަތިވުން އެކަށީގެންވެއެވެ. ނަސީބަކުން ގުގުރިދެމުމަށް އޮތްހައްލަކީ ގުގުރި ދަމާމީހާ ވަކިން އެކަހެރިކޮށް ކޮޓަރިއެއް ބޭނުން ކުރުމެއް ނޫނެވެ. އަދުގެ ހޯދުންތަކުން މިވަނީ ގުގުރިދަމާ މީހުނަށް ހައްލު ހޯދާދިނުމަށް އެތަށް ބާވަތެއްގެ ވަސީލަތްތައް ތައްޔާރު ކޮށްދީފައެވެ. އެހެން ކަމުން މިބަލާލަނީ ގުގުރިދަމާ މީހަކުމިކަމަށް ހައްލުހޯދުމަށް ބޭނުންކުރަން އެންމެ އެކަށީގެންވާ ބައެއް ވަސީލަތްތަކަށެވެ. އާންމުކޮށް ރާއްޖޭގައި މިފަދަ ވަސީލަތް ލިބެންހުނަލެއް މަދެވެ. މިއިންކޮންމެ ވަސީލަތަކީވެސް އޮންލައިންކޮށް ގަނެލެވޭ ގޮތަށް ހުންނަ ވަސީލަތްތަކެވެ.

"އެންޓި ސްނޯ ޗިން ސްޓްރެޕް"


މިއީ ގުގުރިދަމާއިރު އަނގަކޮންމެވެސް ވަރަކަށް ހުޅުވިފައި ހުންނަނަމަ ބޭނުން ކޮށްލަން ރަނގަޅު ވަސީލަތެކެވެ. ބޮލާއި ދަތްދޮޅީގައި އަޅުވާލާފަ ވެލްކްރޯ ބޭނުންކޮށްގެން ހެޔޮވަރު ކޮށްލެވޭގޮތަށް ހަދާފައިވާ މިބެލްޓުން އަނގަޔާއި ދަތްދޮޅި ނިދާފައޮންނައިރު އަނގަނުހުޅުވޭގޮތަށް ހިފަހައްޓައިދީ ގުގުރިދެމުމުން ރައްކާތެރިކޮށްދެއެވެ.

"އެންޓި ސްނޯރިންގ އެއަރ ޕިއުރިފައަރ"


މެޑިކަލް ގްރޭޑް ސިލިކޯން އަދި ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ މި ވަސީލަތް އިންނަނީ ގެންގުޅެން ފަސޭހަ ސައިޒެއްގައެވެ. ގުގުރިދަމާމީހާގެ ނޭފަތުގައި ހަރުކޮށްލުމުން ނޭފަތުން ވައިދައުރުވުން ރަނގަޅު ކޮށްދެއެވެ. އެހެންކަމުން ނިދީގައި ގުގުރިދެމުން ހުއްޓުވައިދެއެވެ.

"ބްރީތް ރައިޓް ނޭސަލް ސްޓްރިޕް"


އެއްފަހަރު ބޭނުންކޮށްފައި އެއްލާލަން ޖެހުން އެއީ މީގައި ދިމާވެދާނެ މައްސަލައެކެވެ. ނަމަވެސް މިއީވެސް ގުގުރިދެމުމުގެ މައްސަލަ ހައްލުކުރުމަށް އެހީވެދޭ ވަސީލަތެކެވެ. ނޭފަތުގެ މަތީގައި ތަތްކޮށްލުމުން ނޭފަތުގެ ވައި ދައުރުކުރުން ފަސޭހަކޮށްދެއެވެ.









ކިޔުންތެރިންގެ ހިޔާލު