ބޭނުންހެދުމެއް ސްކޭން ކޮށްލުމުން، މައުލޫމާތު ހޯދާލެވޭ އެޕެއް

އައިމިނަތު ޔުމްނާ
އޭއެސްއޭޕީ 54 އެޕްލިކޭޝަން އޭއެސްއޭޕީ 54 އެޕްލިކޭޝަން

މަގުމަތިން ރީތިރެޑީމޭޑް ހެދުމެއް ލައިގެންދާމީހަކު ފެނި އެހެދުން ގަތްތަނެއް އަހާލަން ގިނަފަހަރަށް ނުކެރޭ، އެހެން ނޫންތޯ ؟ މިކަމަށް ހައްލެއް ހޯދުމަށް މިވަނީ ޚާއްސަ ފޯން އެޕްލިކޭޝަނެއް ތައްޔާރުކޮށްފައެވެ.  މިއެޕްލިކޭޝަން ޕްލޭސްޓޯރ ނުވަތަ އެޕްސްޓޯރ އިން ހިލޭ ޑައުންލޯޑުކޮށްލެވެއެވެ.

މައްޝޫރު މިއުޒިކް އެޕް ޝަޒާމް އެކޭ އެއްގޮތަަށް މަސައްކަތް ކުރާ "އޭއެސްއޭޕީ54" އަކީ ކަމުދާ ހެދުމެއް ނުވަތަ ބޫޓެއް ފަދަ އެއްޗެއް ފެނުމުން ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެހެދުމުގެ ބްރޭންޑާއި ހެދުން ލިބެން ހުންނަ ވެބްސައިޓް ހޯދާލަދޭ އެޕެކެވެ.

           

ހަމައެކަނި ކުރަންޖެހޭ ކަމަކީ ހެދުމުގެ ފޮޓޯއެއް ނުވަތަ ފޮތީގެ ޑިޒައިންގެ ފޮޓޯއެއް ނޫންނަމަ މެގަޒިން ނުވަތަ ޓީވީން ނަގާލަ ފޮޓޯ އަޕްލޯޑުކޮށްލުމެވެ. އޭރުން މިއެޕްލިކޭޝަނުން ފޮޓޯ ސްކޭން ކޮށްލުމަށްފަހު އެފޮޓޯއަކާ އެއްގޮތް އެއްޗެއް ހޯދާލަދޭނެއެވެ. އަދި ބޭނުންވާ ސީދާ ޑިޒައިން ނެތްނަމަ، އެއާ އެންމެގުޅޭ ފަސް ޑިޒައިނެއް އެޕުގެ ސްޓައިލިސްޓް އަމިއްލަ އަށް ފޮނުވާލަދެއެވެ.

މިއެޕްލިކޭޝަން ތައްޔާރުކުރި ފަރާތް ކަމުގައިވާ ލަންޑަންގެ ޑެނިއެލާ ސެސީލިއޯ ބުނެފައިވަނީ މިއެޕްލިކޭޝަން މެދުވެރިކޮށް ސަރޗްއެންޖިން އަކަށް ވުރެއް އަވަހަށް ހޯދާ އެއްޗަކާ އެއްވައްތަރުގެ ނުވަތަ ގުޅޭ އެއްޗެއް ހޯދައިދޭނެވެއެވެ. 

މިއެޕްލިކޭޝަނަށްވަނީ ގިނަބައެއްގެ ތާއީދު ލިބިފައެވެ. އޭގެ ތެރޭގައި މައްޝޫރު މޮޑެލް އަދި އެކްޓްރެސް ކާރާ ޑެލްވިން ހިމެނެއެވެ. އަދި ބާރނީޒް، ޖޭ ކްރޫ، ޓޮޕް ޝޮޕް ފަދަ އިންވެސްޓްމެންޓް ތަކާއެކު މި އެޕްލިކޭޝަންގެ ޑޭޓާބޭސް އިތުރަށް ދަނީ ފުޅާކުރަމުންނެވެ. 

            

އެހެންކަމުން ރީތި ހެދުން ފައިވާން، ދަބަސް އެއީ ކޮންތާކުން ގަތް ކޮން ބްރޭންޑެއްގެ އެއްޗެއްކަން ނޭނގިގެން މިޙާރު އުޅޭކަށް ނުޖެހޭނެއެވެ. ޓީވީން ކަމުދާ ހެދުމެއް ފެނުންކަމުގައި ވިޔަސް ވަގުތުން ހެދުމުގެ މައުލޫމާތު ހޯދަން ސްކޭން ކޮށްލަންވީއެވެ.


ކިޔުންތެރިންގެ ހިޔާލު