ބަލާލާއިރު ދޮންނަމެޝިނެއްހެން ހީވާ މި ކާރުގެ 6،600 ޑޮލަރު

އައިމިނަތު ޔުމްނާ
ފްރާންސްގެ ކާރުއުފައްދާ ސިޓްރޮއެން ގެ ފަރާޓުން އުފައްދާފައިވާ "ދަ އެމީ" ފްރާންސްގެ ކާރުއުފައްދާ ސިޓްރޮއެން ގެ ފަރާޓުން އުފައްދާފައިވާ "ދަ އެމީ"

ފްރާންސްގެ ކާރުއުފައްދާ ސިޓްރޮއެން ގެ ފަރާޓުން އުފައްދާފައިވާ " ދަ އެމީ" ދައްކާލައިފިއެވެ. މިކާރަކީ ކަރަންޓުން ދުއްވާ ކާރެކެވެ. މާބާރަށް މިކާރު ނުދުއްވޭނެ ކަމަށާއި ބަލާބެލުމަށް ދޮންނަމެޝިނެއް ހެން ހީވާކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

މިކާރުގެ އަގު އުޅެނީ ގާތް ގަނޑަކަށް 6،000 ހާއި 6،600 ޑޮލަރާޢި ދެމެދުގައެވެ.ގިނަމީހުން ދެކޭ ގޮތުގައި ބޭނުންކޮށްފައިވާ ކާރެއްވެސް މިއަގުގައި ހޯދުމަކީ އުނދަގޫ ކަމެކެވެ.


2 ސީޓު ހިމެނޭ އެމީ ، ސިޓްރޮއެން އިން ސިފަކުރާ ގޮތުގައި މިއީ ސީދާ ކާރެއް ނޫނެވެ. އެހީމުން މިކާރު ސިފަކުރުމަށް ކިޔާ އުޅެނީ " ނޮންކޮންފޯމިސްޓް މޮބިލިޓީ އޮބްޖެކްޓް" އެވެ. ގަޑިއަކު 45 ކިލޯމީޓަރު ބާރު މިނުގައި މިކާރު ދުއްވޭނެ ކަމަށާއި ، ގަޑިއިރެއްތެރޭ ގާތްގަނޑަކަށް 28 މޭލު ދުއްވާލެވޭނެ ކަމަށް ކާރު އުފެއްދިފަރާތުން ބުނެއެވެ. މިކާރުގައި ވަނީ 6 ކިލޯވޯޓުގެ އަދި 8 ހޯސްޕަވަރުގެ ކަރަންޓު މޯޓަރެކެވެ. އެހެންކަމުން މިކާރު ފްރާންްސުގައި އުމުރުން 14 އަހަރުން ފެށިގެން މަތީ ކުދިންނަށް އަދި ބައެއް އެހެން ޔޫރަޕުގެ ގައުމުތަކުގައި 16 އަހަރުން މަތީ ކުދިންނަށް ލައިސަންސް ނުލާ ބޭނުންކުރެވޭނެއެވެ. އެމީއަކީ ލައިސަންސް ނެތި ބޭނުންކުރަން ހުއްދަލިބޭ ކެޓަގަރީއަށް ފެތޭ ގޮތަށް ތައްޔާރު ކޮށްފައިވާ ކާރެކެވެ.

އެމީ ތައްޔާރުކުރުމުގައި ކާރު ހެދި ކުންފުނިން އަސްލެއްކަމަސް ދެކިފައިވަނީ 1940 ހުން 80 ހހައިގެ އަހަރުތަކުގައި ބޭނުންކުރެވުނު ފޯޑް މޮޑެލް ޓީއެވެ. އެކާރަކީ އަގުހެޔޮ، ގެންގުޅެން އަދި މަރާމާތުކުރަން ފަސޭހަ ކާރެކެވެ. 


މިކާރު ތައްޔާރުކޮށްފައިވަނީ ވަރަށް މަދުން ބޭނުންކުރާ އުކުލުތަކެއް ބޭނުންކޮށްގެންނެވެ.ކާރުގެ ކުރީގަ އަދި ފަހަތުގަ ބޭނުންކޮށްފައިވާ ކާރުގެ ބޮޑީ ޕާރޓްތަކަކީ އެއްގޮތް އެއްޗެއްސެވެ. ކާރުގައި ފޯނު ޖަހަން ހާއްސަ ތަނެއް ހުރެއެވެ. އަދި ސްމާރޓް ފޯނުތަކަށް ތައްޔާރުކޮށްފައިވާ މި ކާރުގެ އެޕްލިކޭޝަން ޑައުންލޯޑްކުރުމުން ކާރުގެ ދުވެއްޔާއި އެހެނިހެން މައުލޫމާތު ފެންނަން ހުރެއެވެ.


އާންމުކޮށް ގޭގައި ހުންނަ ކަރަންޓު ޕޯރޓުތަކުން މިކާރު 3 ގަޑިއިރުތެރޭގައި ފުލް ޗާރޖު ކޮސްލެވޭ ކަމުގައި ކާރު އުފެއްދި ފަރާތުން ބުނެއެވެ. އަދި މިކާރުގެ ޗާރޖު ހިފަހަށްޓަނީ 70 ކިލޯމީޓަރު ނުވަތަ 43 މޭލަށެވެ. އެހެންކަމުން މިކާރު ހާއްސަ ކުރެވިފައިވަނީ ރަށުތެރޭ ދަތުރު ތަކަށެވެ.

ސިޓްރޮއެން ގެ ކާރު ވިއްކާ ޑީލަރުން އަތުން މާރޗް 30 ހުން ފެށިގެން މިކާރު ފްރާންސްއިން ގަންނަން ލިބޭނެ ކަމަށާއި ، މާރޗްމަހުގެ ފަހުން ސްޕެއިން، އިޓަލީ، ޕޯޗުގަލް ، ބެލްޖިއަމް އަދި ޖަރުމަނުންވެސް މިކާރު ލިބެން ހުންނާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ފޯނުގަ އިންނަ އެޕް މެދުވެރިކޮށް ވެސް މިކާރު ގަނެލެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު