ފުއްޕިހަރުވާޅު ލާހިތްވާކުދިން ކޮބާ؟

އައިމިނަތު ޔުމްނާ
ހަރީކްރިޝްނަން ގެ ވައިޖަހާ ފަޓްލޫން ފެޝަންޝޯގައި ދައްކާލަނީ ހަރީކްރިޝްނަން ގެ ވައިޖަހާ ފަޓްލޫން ފެޝަންޝޯގައި ދައްކާލަނީ

ކުރީގައި މީހުން ލާއުޅުނު ފައިކުރި ފުޅާ ބެލްބޮޓަމްއާއި އެެއްގޮތް ޒާތުގެ ޒަމާނާ ހަރުވާޅެއް މިވަނީ ތައާރަފްކޮށްފައެވެ.


ލަންޑަން ކޮލެޖް އޮފް ފެޝަންއިން ގްރެޖުއޭޓްވީ ހަރިކްރިޝްނަން މިވަނީ މުޅިން އާ ލެވަލްއަކަށް  ހަރުވާޅުގެ ޑިޒައިން ގެންގޮސްދީފައެވެ.

ފެޝަން ޝޯގައި މިހަރުވާޅު ދައްކާލުމުން ގިނަބަޔަކު ދަނީ މިހަރުވާޅަށް ސޯޝަލް މީޑިއާގައި ފާޑުކިއަމުންނެވެ. 

އިންޑިއާގެ ކެރެލާއަށް އުފަން 26 އަަހަރުގެ ހަރީކްރިޝްނަން ޔޫކޭގެ ވޯގް މެގަޒިންއަށް މައުލޫމާތު ދިން ގޮތުގައި ފުށްޕާހަމެއްހެން ވައިޖަހާ ފުއްޕި ހަރުވާޅެއް އުފެއްދުމުގެ ހިޔާލު ލިބުނީ އޭނާގެ ޑޯގް ގޮވައިގެން ހިނގާލަން ނިކުމެ އުޅުނު ވަގުތުއެވެ. ޑޯގެއް ހިނގާފަ ގެންދާއިރު އެސޮރު މައްޗަށް ބަލާލުމުން މީހެއްގެ ހަރުވާޅު ނުވަތަ ފަޓްލޫންގެ ފައިކުރި ފެންނާނެ ގޮތް ހިތައް އަރުވާލީކަމަށް ހަރިކްރިޝްނާ ވަނީ ބުނެފައެވެ.


"ވައިޖަހާލެވޭ މިހަރުވާޅަށް މީހުންގެ މެދުގައި ސުވާލު އުފެއްދާލަން ބޭނުންވީ، އާންމުކޮށް ހުންނަ ސްޓައިލް ތަކަށް މީހުންގެ ފާޑުކިއުމެއް ނުލިބޭ، އާދެޔާހިލާފް އެއްޗަކަށް މިހުން ކިއާ ފާޑު ގިނަވާނެ، އެހެންވެ މިގޮތަށް ފަޓުލޫން ތައްޔާރުކުރަން ބޭނުންވީ" ހަރިކްރިޝްނަން ބުނެޔެވެ.

ހަރިކްރިޝްނަން އެންމެ ފުރަތަމަ މި ފަޓްލޫން ތައްޔާރު ކުރީ ކްލޭ މޮޑެލް އެއްގެ ގޮތަށެވެ. އެއައަށްފަހު ފެޝަން ޝޯ އަށް ހާއްސަކޮށްގެން ވައިޖަހާލެވޭ ގޮތަށް ފަޓްލޫން ތައްޔާރުކުރީއެވެ.

ހަރިކްރިޝްނާ ބުނެފައިވާގޮތުގައި އޭނާ ފެޝަންޝޯގައި މިޑިޒައިންތައް ދައްކާލިކަމުގައިވިޔަސް މިފަޓްލޫން ވިއްކުމުގެ ހިޔާލެއްނުގެންގުޅެއެވެ.

ލެޓެކްސް ބޭނުންކޮށްގެން ތައްޔާރުކުރެވުނު މިފަޓްލޫންތައް ވަނީ ފެޝަން ޝޯގައި ދަައްކާލަންވީމަ ވައިޖެހުމަށްފަހު، ޝޯނިމުމުން ވައިދޫކޮށްއާދައިގެ ފަޓްލޫނަކަށް ބަދަލުކޮށްފައެވެ.

 


ކިޔުންތެރިންގެ ހިޔާލު