ފަސޭހައިން ތައްޔާރުކޮށްލެވޭ“ކިޓްކެޓް ފަޖް” ރެސިޕީ އެތައްބައެއްގެ ސަމާލުކަމަށް

އައިމިނަތު ޔުމްނާ
ކިޓްކެޓްފަޖް ސްލައިސް ކިޓްކެޓްފަޖް ސްލައިސް

ހޯމް ޝެފެއް އޭނާގެ ކިޓްކެޓްފަޖްގެ ރެސިޕީ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެވީޑިއޯ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.

ސިޑްނީގެ ޖޭސޯ ބާސޯ މިރެސިޕީއަށް ބޭނުން ކުރީ 3 ކިޓްކެޓް، 3 ކެޑްބަރީ ޑެއިރީ ޗޮކްލެޓް އަދި އެއްދަޅު ގެރިކިރެވެ.

ޓިކްޓޮކް ގައި މޭކަޕް އާޓިސަޓެއްގެ ގޮތުން މައްޝޫރު ވެފައިވާ ޖޭސޯ ވަނީ އޭނާ މިފަޖް ތައްޔާރުކުރާ ވީޑިއޯ ހިއްސާކޮށްފައެވެ.

ވީޑިއޯގައި ފެެންނަނީ އުނދުންމަތީގަައި ހުރި ތެއްޔަކަށް ކެޑްބަރީ ޗޮކްލެޓް ބުރިބުރިކޮށްލާފައި އަޅާތަނެއެވެ.


އެއަށްފަހު ގެރިކިރު ދަޅު ޗޮކްލެޓްގެ ތެރެެއަށް އަޅާލާތަން ފެނެއެވެ. އަދި ޗޮކްލެޓްތައް ދިޔާވެ ގެރިކިރާ އެއްވަންދެން ސަމްސަލުން ހާކާލައެވެ. 


ތައަޓެއްގައި ބޭކިންގ ޕޭޕަރ އެޅުމަށްފަހު ތެލީގައި ހުރި ގެރިކިރާއި ޗޮކްލެޓް އެއްކޮށްފައިވާ އޭތިން އެއްބައި ތައްޓަށް އެޅުމަށްފަހު 2 ކިޓްކެޓް އޭގެ މަތީ ބަހައްޓައެވެ.


އަދި ބާކީ ހުރި ގެރިކިރާއި ޗޮކްލެޓް މިކްސް ކިޓްކެޓްގެ މައްޗަށް އަޅާލުމަށްފަހު އެއްވަރަށް ފަތުރާލައެވެ. އެއަށްފަހު 3 ވަނަ ކިޓްކެޓް އެތިކޮޅުކޮޅަށް ފުނޑުކޮށްލުމަށްފަހު އޭގެ މައްޗަށް އެޅުމަށްފަހު ފިނިކުރަން ފްރިޖަށް ލައެވެ.

 ފިނިކޮށްލުމަށްޗަހު ހަތަރެސްކަން އެތިކޮޅުތަކަކަށް ކަފާލުމުން ކިޓްކެޓް ފަޖް ސްލައިސް ތައްޔާރުވީއެވެ. 


މިރެސިޕީ އަށް ބޭނުންވާ ތަކެތި މަދުވެފަ ތައްޔާރު ކޮށްލަން ފަސޭހަވުމުން އެތައްބައެއްގެ ތައުރީފް ވަނީ މިވީޑިއޯއަށް ލިބިފައެވެ. 277،000 ފަހަރު މިވީޑިއޯ މިހާތަނަށް ބަލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
ކކކކ
3 ކިޓްކެޓް ހައެއްކަ ފަހަރަށް ދެތިން އެތިން އަޅާނެ ގޮތެއް ބުނެބަލަ.