ގޭތެރެ އިން ވައިރަސް ނައްތާލުމަށް "ޑިސްއިންފެކްޓް" ކުރުން

އައިމިނަތު ޔުމްނާ
ގޭތެރެ ޑިސްއިންފެކްޓް ކުރަން ސްޕްރޭ ބޭނުންކުރުން ގޭތެރެ ޑިސްއިންފެކްޓް ކުރަން ސްޕްރޭ ބޭނުންކުރުން

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމުގައި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް މިވަނީ ޑަބްލިއު އެޗްއޯ އިން ކަނޑައާޅާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވައިރަސް ފެތުރި ރާއްޖެއިންވެސް މިވަނީ މިވައިރަސް ޖެހިފައިވާ 13 މީހަކު ފެނިފައެވެ.

މިފަދަ ހާލަތެއްގައި އާއިލާގެ ރައްކާތެރިކަމަށް އަދި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ގޭތެރެ ޑިސްއިންފެކްޓް ކޮށް ޖަރާސީމް ނައްތާލުމަކީ ކުރެވިދާނެ ކަމެކެވެ. އާންމު ދިރިއުޅުމުގެ އެކި ކަންކަމުގައި ބޭރުގައި އުޅެެފައި ގެއަށް އަންނައިރު ތަފާތު އެކި ވައިރަސް އަދި ބެކްޓީރިއާ ގޭތެރެއަށް އެތެރެވެއެވެ.

ވައިރަސްއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމެއް ކަމުގައި ސައިންސްވެރިން އަދި ސިއްހީ ހިދުމަތްތެރިން ލަފާ ދީފައިވަނީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމެވެ. މިގޮތަށް އަތްދަޮންނައިރު މަދުވެގެން 20 ސިކުންތު އަތް ދޮންނަންޖެހެއެވެ. ކޮންމެކަހަލަ ސައިބޯންޔެއް ވެސް އަތްދޮވުމަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ބޮޑަށް އެދެވިގެންވަނީ އެންޓިބެކްޓީރިއަލް ދިޔާ ސައިބޯނި ބޭނުން ކުރުމެވެ.

ގޭތެރެ ސާފުކުރުމަށް ޑިސްއިންފެކްޓަންޓް ވައިޕް ބޭނުން ކޮށްގެން ގޭތެރޭގެ އެކި ތަންތަން ސާފު ކުރެވިދާނެއެވެ. މިގޮތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނީ އާންމުކޮށް އަތްލާއުޅޭ ތަންތަނެއެވެ. ގޭގެ ތަޅުތަކުގެ އަތްގަނޑާއި، ފްލަޝްޓޭންކް ސްވިޗާއި، ކަރަންޓް ސުވިޗުތަކާއި، ކަރަންޓު ސާމާނުގެ ރިމޯޓް އަދި ފްރިޖު ފަދަ އެއްޗެހީގެ ދޮރުގެ އަތްގަނޑާ، ގޭގެ ރަނގަބީލު ހުންނަނަމަ އޭގެ ސްވިޗާއި، ފާހާނާ ތައްޓާ، މޫނު ދޮންނަ ސިންކު، އަދި ފާހާނާ އާއި ސިންކުތަކުގެ އިސްކޫރު ފަދަ އެއްޗެއްސަކީ ހާއްސަ ސަމާލުކަންދީގެން ސާފު ކުރަން ޖެހޭ އެއްޗެއްސެވެ. މީގެއިތުރން ކާމޭޒާއި، ބަދިގެ ކައުންޓަރ ޓޮޕް، އަދި އެހެނިހެން އާންމުކޮށް އަތްލެވޭ ފަރުނީޗަރުވެސް ސާފުކުރުން މުހިންމެވެ.

ޑިސްއިންފެކްޓް ވައިޕް ލިބެން ނެތްނަމަ އަމިއްލަ އަށްވެސް މިފަދަ ވައިޕެއް ތައްޔާރުކޮށްލެވިދާނެއެވެ. 5 ލީޓަރ ފެނުގެ ތެރެއަށް ލުނބޮއެއްގެ ހުތް ނުވަތަ ލުނބޯ އެސެންޝިއަލް އޮއިލް، ޑިޓޯލް، ލައިސޯލް ނުވަތަ ބްލީޗް ފަދަ ސާފްކުރަން ބޭނުންކުރާ އެއްޗެއްގެ 2 މަތިގަނޑު ހުންނަހާ އެއްޗެއްހި އެއްކޮށްލުމަށް ފަހު މަތިޖެހޭ ކަހަލަ ތައްޓެއް ނުވަތަ ފުޅިއަކަށް އެޅުމަށްފަހު ކިޗަން ޓަވަލް ނުވަތަ ބަދިގޭގަ ބޭނުންކުރާ ކަހަލަ ޓިޝޫރޯލެއްގެ ޓީސޫ އެތަށީގައިވާ ފެނުގެ ތެރޭގައި ފޯކޮށްލުމަށްފަހު ތަންތަން ފުހެލަން ބޭނުންކުރެވިދާނެއެވެ. ޓިސޫ ލިބެން ނެތްނަމަ ސާފް ފޮތިކޮޅެއް ޑެޓޯލް ފެނުގެ ތެރޭ ތެންމާލުމަސްފަހުވެސް ތަންތަން ސާފުކޮށްލެވޭނެއެވެ.


ސޯފާ، ކާޕެޓް، ގޮދަޑި ،ދޮރުފޮތި، މޭޒު ފަދަ ފޮހެގެން ސާފުނުކުރެވޭ ފަދަ ތަންތަނަށް ލައިސޯލް ފަދަ ސްޕްރޭއެއް ބޭނުން ކުރެވިދާނެއެވެ. ސްޕްރޭ ގަންނަން ނުލިބޭނަމަ ފެންޖަހާ ފުޅިއަކަށް ފެނާއި ޑެޓޯލް އެޅުމަށްފަހު ސްޕްރޭ ކޮށްލެވިދާނެއެވެ.

ސީޑީސީ (ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ) އިން ލަފާ ދީފައިވާގޮތުން ތަޅުންގަނޑު ނުވަތަ ޓައިލްސް މަތި ސާފުކުރުމަށް 3.8 ލީޓަރު ފެނަށް 1 ތަށި ބްލީޗް އެޅުމަށްފަހު މޮޕްލާއިރު ބޭނުން ކުރުމުން ވައިރަސް ނައްތާލައެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ގެންގުޅޭ ސައިކަލް ކާރު ބައިސްކަލް ފަދަ އުޅަނދު ޑިސްއިންފެކްޓަންޓެއް ބޭނުންކޮށްގެން ސާފުކުރުން މުހިންމެވެ. އޭގެ އިތުރުން ފޯން، ޓެބްލެޓް ފަދަ ކަރަންޓު ސާމާނާއި ކޮންޕިއުޓަރުގެ މައުސް އަދި ކީބޯޑް، ޑެބިޓް ކާޑު ވެސް ސާފުކޮށް ބޭއްވުމަށް ސަމާލުކަން ދޭންވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު
ޑޮކްޓަރ
ބްލީޗް ފަދަ އެއްޗި ހި ނޭވާ ހިއްލާ، އެލާޖީމައްސަލަ ހުންނަ އެކްޒީމާ ފަދަ ހަމުގެ މައްސަލަ ހުންނަ މީ ހުންނަށާ ތުއްތުކުދިންނަށް ރައްކާތެރިއެއްނޫން. މީގެ އިތުރަށް ޓައިލްސްގެ އޮފުކެނޑި ހަލާކުވެ ތަޅުފަދަ ދަނގަނޑު އެއްޗި ހި ދަބަރުޖަ ހާ ފޮޅި ގޮތްގޮތްވޭ. އެ ވިހަ ކެމިކަލްތަކުން ލިބޭ ގެއްލުން މާބޮޑު. ބްލީޗަކީ ގެއެއްގަ ބޭނުންކުރަން ހެޔޮވާވަރު އެއްޗެއް ނޫން. އަޅުގަނޑަށް ކިތަންމެ މީ ހެއް ބެލިއްޖެ ބްލީޗްލައިގެން ސާފުކުރުމުގެ ތެރޭގަ ނޭވާޔަށް ދަތިވެގެން އޮކްސިޖަން ލެވެލް ދަށްވެގެން ހެޔަށް ގޮތްވި މީ ހުން. ވަރަށް ފުރާނަޔަށް ނުރައްކާވެދާނެ ކަމެއް އެއީ. ކުއްލިއަކަށް ނޭވާ ނުލެވިގެން ގޮތެއް ވުމުގެ އިތުރުން މިކަން ތަކުރާރުވާ ކޮންމެފަ ހަރަކު ފުއްޕާމެއަށް އެ ވާ ގެއްލުން އިހ ހުސާސްވާނަމަ މިފަދަ ކަންކަން ނުކުރާނެ