ސައިބޯނިން ވައިރަސް ނައްތާލަނީ ކިހިނެތްކަން އެނގޭތަ؟

އައިމިނަތު ޔުމްނާ
ސައިބޯނިން ވައިރަސްގެ ސެލް މެމްބްރޭން ނައްތާލާ ސައިބޯނިން ވައިރަސްގެ ސެލް މެމްބްރޭން ނައްތާލާ

ހަށިގަނޑުގެ ބޭރުގައި ވައިރަސް ހަރުލުމަށްފަހު އެތައް ގަޑިއިރެއް އަދި ބައެއް ފަހަރު ދުވަސްތަކެއް ވަންދެންވެސް ހަރުލާފަހުރެއެވެ. ވައިރަސް ނައްތާލަން ބޭނުންކުރާ ޑިސްއިންފެކްޓަންޓް، ސެނިޓައިޒަރ، ވައިޕްސް، ޖެލް އަދި ކްރީމް ފަދަ ތަކެތިވެސް ހުރޭ، އެކަމަކު އެތަކެތި ސައިބޯނިން ވައިރަސް ނައްތާލާހާ ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ.

ވައިރަސް ފެތުރެން ފެށީއްސުރެއް ސިއްހީ ހިދުމަތްތެރިން، ޑަބްލިއުއެޗްއޯ، ސީޑީސީ، އެޗްޕީއޭ ފަދަ ހުރިހާ ތަނަކުން އިލްތިމާސްކުރަމުން އަންނަނީ ސައިބޯނި ބޭނުންކޮށްގެން ގިނައިން އަތްދޮވުމަށެވެ.

އެހެންކަމުން ސާރސް-ކޮވް-2، ކޮރޯނާވައިރަސް ފަދަ އެކި ވައިރަސްތަކުން ސައިބޯނިން ރައްކާތެރިކަން ލިބެނީ ކިހިނެއްތޯ؟ ސަބަބަކީ ވައިރަސް އެއްގައި އެކުލެވޭ އެންމެ ބަލިކަށި މާއްދާއަކީ "ލިޕިޑް" ނުވަތަ "ފެޓީ" ބައިލޭޔަރއެވެ. ސައިބޯނިން މި ފެޓްލޭޔާރ ވިރުވާލުމުން ވައިރަސްގެ ބާރު ކަނޑުވާލައެވެ.

ގިނަވައިރަސް ތައް އުފެދިފައިވަނީ " ރައިބޯނިއުކްލިއައި" (އާރްއެންއޭ)، "ޕްރޮޓީންސް" އަދި "ލިޕިޑްސް" އިންނެވެ. ވައިރަސްގެ އަސަރުކޮށްފައިވާ ސެލްއަކުން މިމާއްދާތައް ވަރަށް ގިނަ އަދަދަކަށް އުފައްދާ ވައިރަސްތައް އިތުރުކުރުވައެވެ. ވައިރަސްގެ އަސަރުކޮށްފައިވާ ސެލްއެއް މަރުވުމުން، އަލަށް އުފެދޭ ވައިރަސް ބޭރުވެ އެހެން ސެލްތަކަަށް ވައިރަސްގެ އަސަރު ފޯރުވައެވެ. މީގެން ބައެއް ވައިރަސް ފުއްޕާމޭގެ ނޭވާލާ ނިޒާމުގައި ހަރުލައެވެ.

ކެއްސާ ކިބިހި އެޅުމުން ބޭރުވާ ތިކިތަކާއިއެކު ނޭވާލާނިޒާމުގައި ހުންނަ ވައިރަސް 10 މީޓަރު ދުރަށް ބުރައިގެން ދެއެވެ. މީގެން ބޮޑެތި ތިކިތަކުގައި ކޮރޯނާވައިރަސް ހަރުލާ ބައެއްފަހަރު 2 މީޓަރު ދުރަށްވެސް ދަތުރުކުރާކަމަށް ބުނެވެއެވެ.

މިހެން ބުރައިގެން ދާ ތިކިތައް ތަންތަނުގައި ހަރުލާ، ތިކިތައް ހިކުނުކަމުގައިވިޔަސް ވައިރަސް މަރުނުވެ ހަރުލާ ހުރެއެވެ. އިންސާނުންގެ ހަނގަނޑަކީ "އޯރގަނިކް" އެއްޗެއްކަމުން މަރުވެފައި ހުންނަ ސެލްތަކުގެ ޕްރޮޓީން އަދި ފެޓީއެސިޑަކީ ވައިރަސް ހަރުލުމަށް ކަމުދާއެއްޗަކަށްވެއެވެ.

މިސާލަކަށް ދަނގަޑު އެއްޗެއްގައި ހަރުލާފަ ހުންނަ ވައިރަސް އިންސާނެއް އޭގައި އަތްލުމުން ވަގުތުން އަތުގައި އެވައިރަސް ހަރުލައެވެ. އަތި އަތުގައި ވައިރަސް ހަރުލާފައި ހުއްޓާ މޫނުގައި، ލޮލުގައި، ނުވަތަ ނޭފަތާ އަނގައިގައި އަތްލައިފިނަމަ ވަގުތުން އެމީހަކަށް ވައިރަސް ޖެހެން މެދުވެރިކުރުވައެވެ. ބުނެވޭގޮތުގައި އިންސާނުން ކޮންމެ 5 މިނެޓަކުން އެއްފަހަރު މޫނުގައި އަތްލައެވެ.

ފެނުން އެކަނި އަތްދޮވެލިނަމަވެސް ކޮންމެސް ވަރަކަށް އަތުގައި ހަރުލާފަ ހުންނަ ބަލިކަށި ވައިރަސް ނެތިކޮށްލައެވެ. ނަމަވެސް ވަރުގަދަ ވައިރަސް ހަންގަޑުގައި ހަރުކޮށްލާފައިހުންނަލެއް ވަރުގަދަ ކަމުން ފެނުންއެކަނި އެފަދަ ވައިރަސް ނެތިކޮށްލުމަކީ ނާދިރު ކަމެކެވެ.

ސައިބޯނި ފެން މުޅިން ތަފާތެވެ. ސައިބޯނީގައި "އެމްފިފައިލްސް" ކިއާ ފެޓް ކަހަލަ މާއްދާއެއް ހުރެއެވެ. މިމާއްދާއަކީ ވައިރަސްގެ މެމްބްރޭންގައި ހުންނަ ލިޕިޑްސް އާ ގާތްކުރާ މާއްދާއެކެވެ. އެހެންކަމުން ސައިބޯނި "މޮލިކިއުލް" ތަކުން ސެލްމެމްބްރޭން ބަލިކަށި ކޮށްލައެވެ. މިއީ އަތުގައި ހަރުލާފަ ހުންނަ ގިނަ ހަޑި އަދި ބެކްޓީރިއާވެސް ސައިބޯނިން ނެތިކޮސްލާ އެއް ސަބަބެވެ.

ސައިބޯނިން ހަމައެކަނި ވައިރަސް ހަންގަނޑުގައި ތަތްކޮށްލާ ތެރަސްކަން ފިލުވާލަނީކީ ނޫނެވެ. އޭގެ އިތުރުން ވައިރަސް އެކަތިގަނޑަކަށް ހެދުމަށް ވެލްކްރޯ ފަދައިން ހިފަހައްޓާލާ ޕްރޮޓީންސް، ލިޕިޑްސް އަދި އާރްއެންއޭ ވެސް ބަލިކަށިކޮށްލައެވެ.

އަލްކަހޯލް އެކުލެވޭ ސެނެޓައިޒަރ ފަދަ "ޑިސްއިންފެކްޓަންޓް" ގެ ބާވަތްތަކުން ސައިބޯނިން ވައިރަސް ނައްތާލާހާ ރަނގަޅަށް އެކަން ނުވާކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް އަތްދޮވެވެން ނެތް ހާލަތެއްގައި ސެނިޓައިޒަރ ބޭނުންކުރުމަކީ އޮތްކަމެއްކަމުގައި ބުނެއެވެ.

އެހެންކަމުން ވައިރަސް އިން ރައްކާތެރި ވުމަށް ހަމަ އެންމެ ރަނގަޅީ ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު