ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 25 މިލިއަނަށް

ކޮވިޑް 19 އާ ދެކޮޅަށް ލަންޑަންގައި ކުރި މުޒާހަރާއެއްގެ ތެރެއިން ކޮވިޑް 19 އާ ދެކޮޅަށް ލަންޑަންގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 25 މިލިއަން ފަހަނައަޅައި ގޮސްފިއެވެ. 

ކޮވިޑް 19ގެ ތަފާސް ހިސާބު ބަލަހައްޓަމުން އަންނަ ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ އަދަދުތަކަށް ބަލާއިރު މިހާތަނަށް 25,026,014 މީހަކަށް ކޮވިޑް 19 ވަނީ ޖެހިފައެވެ. އޭގެ ތެރެއިން 842,778 މީހުން މަރުވެފައިވާއިރު 16,415,252 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ޓެސްޓް ކުރުމުގައި ހުރި ދަތިތަކާއި ގުޅިގެން މި އަދަދު 10 ގުނައަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބައެއް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ. 

އެންމެ ގިނަ މީހުން ކޮވިޑަށް ޕޮސިޓިވްވީ އެމެރިކާއިންނެވެ. އެންމެ ގިނަ މީހުން ވެސް މަރުވެފައިވަނީ އެގައުމުންނެވެ. އެގައުމުގެ ފަހަތުން އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ ބްރެޒިލް އާއި އިންޑިއާ އާއި ރަޝިއާގެ އިތުރުން ޕެރޫއެވެ. 

މި ބައްޔަށް ވެކްސިންއެއް ހޯދުނުކަން މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އާއްމުންނަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު