ބުރުޖް ހަލީފާ ދިއްލައިގެން ދަރިފުޅުގެ ޖިންސު އިއުލާންކޮށްފި

އެތައްހާސް ބައެއްގެ ސަމާލުކަން ހުއްޓުނީ އަނަސް އާއި އަސަލާގެ ދެވަނަ ދަރިފުޅުގެ ޖިންސު އިއުލާން ކުރުމުގެ ގޮތުން ރޭ ދުބާއީގެ ބުރުޖް ހަލީފާ ދިއްލާލުމާއެކުގައެވެ. 

ބުރުޖް ޙަލީފާ އަކީ މިވަގުތު ދުނިއޭގައި ހުރި އެންމެ އުސް އިމާރާތެވެ. މި އިމާރާތް މީގެ ކުރިންވެސް އެކި އެކި މުނާސަބާތަކާއި ގުޅުވައިގެން ދިއްލަމުން ދެއެވެ. ޔޫއޭއީ ގެ ނޫހެއް ކަމަށްވާ އަލް ބަޔާން އިން ހާމަކޮށްފައިވާ ގޮތުން މި ދެމަފިރިންގެ ދެވަނަ ދަރިފުޅުގެ ޖިންސު އިއުލާން ކުރުމުގެ ގޮތުން ބުރުޖް ޙަލީފާ ދިއްލާފައި ވަނީ 3 މިނިޓަށް ކަމަށެވެ. މި ކަމަށް 95،291.25 ޑޮލަރު ޙަރަދުކޮށްފައި ވާ ކަމަށް ވެސް އެ ނޫހުން ހާމަކޮށްފައިވެއެވެ. 

އަނަސް އާއި އަސަލާއަކީ އެ މީހުންގެ އާންމު ދިރިއުޅުމުގެ ކަންކަން އެހެން މީހުނާ ހިއްސާ ކުރުމުގެ ގޮތުން މީގެ ދެ އަހަރު ކުރިން ފެށިގެން ޔޫޓިއުބް ޗެނަލެއް "އަނަސާލާ ފެމިލީ" ގެ ނަމުން ގެނެސް ދެމުން އަންނަ ދެމަފިރިންނެވެ. ޔޫޓިއުބްގެ މި ޗެނަލް ގައި އާންމު ކުރާ ވީޑިއޯތަކަށް އަންނަނީ ބޮޑު ތަރުހީބެއް އަބަދުވެސް ލިބެމުންނެވެ. 

އަނަސް އާއި އަސަލާ އަށް ލިބިފައިވާ އަލަތު ދަރިފުޅަކީ މިހާރު އުމުރުން 3 އަހަރުގެ ކުއްޖެކެވެ. މި ފަހަރު ޖިންސް އިއުލާން ކުރި ދަރިފުޅަކީ ފިރިހެން ކުއްޖެއް ކަން ހާމަކުރަން ބުރުޖް ހަލީފާ ނޫ ކުލައިން ދިއްލާލުމަށްފަހު "އިޓްސް އަ ބޯއި" މިހެން އަރުވާފަ ހުންނަ ތަން ފެނިގެންދެއެވެ. 

ބުރުޖް ޙަލީފާ ދިއްލުމުގެ ފުރުސަތު އެތަކެއް މަސްދުވަހުން ލިބުނު އިރު އިންސްޓަގްރާމް އިން މިކަން ފާހަނގަ ކުރަނީ " ބިގެސްޓް ޖެންޑަރ ރިވީލް" ގެ ގޮތުގައެވެ. މި ގޮތަށް ޖިންސު އިއުލާން ކޮށްފައި މިވަނީ ކުރިން އެއްވެސް ބަޔަކު ފާހަނގަ ނުކުރާފަދަ އާ ގޮތަކަށް އާއިލާ މީހުނަށް ދަރިފުޅުގެ ޖިންސް ހާމަކުރުމުގެ ގޮތުންނެވެ. 

މި ޖެންޑާ ރިވީލް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން މި ދެމަފިރިން ބުނީ ޕްލޭން ކުރި ގޮތާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ދިއުން ވަރަށް އުފާވާކަމަށެވެ. އަދި މިކަން ކާމިޔާބު ވުމުގައި ސަޕޯޓަރުންގެ ހިއްވަރާ އެހީ ވަރަށް ބޮޑުކަން ފާހަނގަކުރިއެވެ. 

އަނަސް ދެކޭ ގޮތުގައި މި ކުރެވުނީ އާދައިގެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ

ކިޔުންތެރިންގެ ހިޔާލު