ކަސްރަތުގެ ކުރިން އަމާޒު ކަނޑައަޅަންވީ ދެމެހެއްޓެނެވި ދުޅަހެޔޮކަމަށް!

ހަށިގަނޑު ރީތކޮށް ބެހެއްޓުމަށް އެންމެ ފުރަތަމަ ބަދަލު ކުރަންވީ މީހާގެ ވިސްނުމެވެ. ދުޅަހެޔޮކަމަކީ ވަކިވަރަކަށް މީހާގެ ބަރުދަން ލުއިކުރުން ކަމަށް ދެކޭދެކުން ބަދަލު ކުރަންޖެހެއެވެ. ކަސްރަތުކުރަން ދާންވީ ވަކިވަރަކަށް ފަލަވުމުން ނުވަތަ ވަކި ވަރަށް ބަރުދަން ލުއި ވުމުން ހުއްޓާލާނެ ވިސްނުމުގައެއް ނޫނުވެ. ހަށިގަނޑައް އެއްމެ ފައިދާހުރި ގޮތަކީ ދެމެހެއްޓެނިވި ދުޅަހެޔޮކަމެވެ.

ދުވަސްކޮޅުކޮޅުން މައްޝޫރުވާ ހިކޭ ސައިފަތާއި ފާޑު ފާޑުގެ ހިކޭ ބޭސްތަކުން ގިނަ ކިލޯތަކެއް މަދު ދުވަތަކެއްގެ ތެރޭގައި ހިއްކާލާތަން ފެނެއެވެ. ވަކި ވައްތަރެއްގެ ޑައިޓްއެއް ޖެއްސުމުން މަހެއްގެ ތެރޭގައި 10 ކިލޯ ލުއިވާތަންވެސް ފެނެއެވެ. ތެދެކެވެ. އެންމެންވެސް ބޭނުން ވާނީ އަވަސް ނަތީޖާއެވެ. ނަމަވެސް ގިނަ ފަހަރަށް މިގޮތައް ބަރުދަން ލުއި ކުރާ މީހުން އާއްމުކޮށް އަނބުރާ ކުރީގެ ބަރުދަނަށް އެނބުރި ރުޖޫއަވެ ނުވަތަ އެއައްވުރެން ބަރުދަން އިތުރުވެސް ވެއެވެ. ބަރުދަން ލުއިވެފައި ހުންނަނީ ހަށިގަނޑު އެންމެ ރީތިކޮށެއްވެސް ނޫނެވެ. ސިއްހަތާބެހޭ މާހިރުން ދެކޭ ގޮތުގައި ކުޑަ މުއްދަތެއްގެ ތެރޭގައި ހަށިގަނޑައް މިފަދަ ބޮޑެތި ބަދަލު އައުމަކީ މީހާގެ ސިއްހަތައް ބޮޑެތި ގެއްލުންވާކަމަކެވެ.

ދެމެހެއްޓެނިވި ދުޅަހެޔޮކަމަށް ބޭނުންވަނީ އާދައިގެ މަތިން ހެލިފެލިވެ އުޅުމާއި، ރަނގަޅު ނިންޖާއި އަދި ސިއްހަތައްފައިދާހުރި ކަނާއެވެ.

މީގެ އިތުރުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަކީވެސް ދެމެހެއްޓެނެވި ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުނުން ކަމެކެވެ. ކަސްރަތު ކުރުމަކީ ހަމައެކަނި ޖިމަށް ގޮސް ނުވަތަ ދުވަން ދިޔުމެއް ނޫނެވެ. އާދައިގެ މަތިން ކުރާ ކަންކަމުގައިވެސް ހަށިގަނޑަށް ކަސްރަތު ލިބޭގޮތައް އަމަލުތައް ބަދަލުކުރުން މުހިންމެވެ. ތަންތަނަށް ދާއިރު ކަސްރަތު ގިނަގިނައިން ހިނގާފައި ނުވަތަ ބައިސްކަލެއް ގައި ވެސް ދެވިދާނެއެވެ. ހާއްސަކޮށް ދިވެހިންނަކީ ދުނިޔޭގެ ގިނަބަޔަކަށް ނުލިބޭ ފުރުސަތެއް ލިބިފައެވެ، ރީތި، ސާފު މޫދު އޮންނަނީ ކޮންމެ ދިވެއްސެގެ އަތުޖެހޭ ހިސާބުގައެވެ.

ދިވެހި ރާއްޖެއަކީ ކާބޯތަކެތީގެ އުފެއްދުންތެރިކަން ކުޑަ ގައުމަކަށް ވުމުން ބަންދުކުރި ކާނާއާއި ލުއި ކާނާއަކީ ދިވެހިންގެ ކެއިންބުއިމުގައި އާދާއިގެ މަތިން ހިމެނޭ އެއްޗެއްސެވެ. ނަމަވެސް ދެމެހެއްޓެނިވި ދުޅަހެޔޮކަމަށް ތާޒާ ކާނާ ކެއުން އިތުރު ކުރަން އެބަޖެހެއެވެ. ފަރުމަހާއި ކަނޑުމަސް އަދި ކަނޑުން ލިބޭ އިތުރު އެއްޗެހި ކެއުން އިތުރު ކުރަންވީއެވެ. ފަތްޕިލާވެއްޔާއި ތަރުކާރީގެ ބާވަތްތައްވެސް ރާއްޖޭގައި ހެދޭ ބާވަތްތައް ތާޒާ ކަމާއެކު ކެއުމުން ފައިދާ ބޮޑެވެ. އިންޓަނެޓުން ފެންނަ މޮޅެތި ރެސިޕީތަކުގައި ހުންނަ ބައެއް އެއްޗެހި ދިވެހި ރާއްޖެއިން ލިބޭ ބާވަތްތަކަށް ބަދަލު ކުރެވިދާއެވެ. މިސާލަކަށް ލެޓިއުސް ފަތުގެ ބަދަލުގައި ކޮޕީ ފަތް ނުވަތަ ތިޔަރަ ފައްވެސް ކެވިދާނެވެ. ކަށްޓަލައާއި ބަރަބޯ އަދި ބަށި ކަހަލަ ރާއްޖޭގައި ހެދޭ ތަރުކާރީ ގިނައިން ކެއުމުގައި އިތުރުކުރަންވީއެވެ.

ދިވެހިންވި
ފޯނުގެ ދުނިޔެއިން ނުކުމެ މޫދާއި ކަނޑު އަދި ރީތި ގޮނޑުދޮށް ތަކުގައި ވަގުތު
ހޭދާކުރަންވީއެވެ. ކެއުމުގައި އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަންވީއެވެ.
ދެމެހެއްޓެނިވި ދުޅަހެޔޮކަމަކީ ދުވަހުން ދުވަހަށް މީހާގެ ދިރިއުޅުން
ބައްޓަންކޮށްފައިވާ އަމަލުތަކުން ހާސިލްވާނެ ކަމެވެ. ދިވެހިން އެންމެ ކުރީއްސުރެ
އުޅެމުން ދިޔަ ޖަޒީރާ ދިރިއުމަށް އަނބުރާދާންވީއެވެ. މި ފަހަރު ޒަމާނީ
ވަސީލާތްތަކާއި ކަންކަމުގެ އިލްމާއި އެކުގައެވެ.   

ކިޔުންތެރިންގެ ހިޔާލު