އެޕަލް އިވެންޓް މިރޭ، އައިފޯން 12 ދައްކާލާނެ

މިރެޔަކީ އެޕަލްގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ރެޔެވެ. މިރޭ އެޕަލްގެ ކީނޯޓް އިވެންޓް ރާއްޖެ ގަޑިން 10:00 ޖަހާއިރު ފެށިގެންދާއިރު މި އިވެންޓްގައި އައިފޯން 12 ދައްކާލާނެ ކަމަށް ބެލެވެއެވެ.

އެގޮތުން ބަލާއިރު މިފަހަރު އައިފޯން ވެގެންދާނީ 2017 ވަނަ އަހަރު އައިފޯން އެކްސް ތާރަފްކުރި ފަހުން އައިފޯންގެ ޑިޒައިނަށް އެންމެ ބޮޑު ބަދަލެއް ގެނެސް ދައްކާލާނެ ފަހަރަށެވެ. މިއީ އަނެއްކާ ވެސް އެޕަލްގެ އައިފޯން ސިރީޒްއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ފަހަރު ކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން ބަލާއިރު މިފަހަރުގެ އައިފޯންގައި 5ޖީ ޓެކްނޮލޮޖީ ތާރަފްކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިއީ ކޮވިޑް 19 ގެ ފަހުން އެޕަލްއިން ބާއްވާ މިފަދަ ތިންވަނަ ބޮޑު އިވެންޓެވެ. އައިފޯންގެ އިތުރުން މިފަހަރުގެ އިވެންޓްގައި މުޅިން އަލަށް އޮވަރ އިޔަރ ހެޑްފޯނެއް އެެޕލްއިން ތާރަފްކުރާނެއެވެ. މި ޕްރޮޑަކްޓަށް އެޕަލްއިން ދީފައިވާ ނަމަކީ އެއަރޕޮޑްސް ސްޓޫޑިއޯއެވެ. ހަމައެހެންމެ ހޯމްޕޮޑް ސްޕީކަރުގެ އައު ވަރޝަނެއް ވެސް ނެރޭނެ ކަމަށް ބެލެވެއެވެ. 

ކޮވިޑް 19 އާ ގުޅިގެން މިފަހަރުގެ އެޕަލް އިވެންޓް ވެސް ކުރިޔަށް ގެންދާނީ އޮންލައިންކޮށެވެ.  

ކިޔުންތެރިންގެ ހިޔާލު