މެމްބަރު ވައްޑޭގެ ސުވާލެއް: "ޝެއިޚުން" ގެ ފަގުޑީގައި ތިބެގެން މި ކުރަނީ ދީނަށް ފުރައްސާރަ ނޫންބާ؟

"ޝެއިހުން" ގެ ފަގުޑީގައި ތިބެގެން ބައެއް ފަރާތްތަކުން ކުރަމުންދަނީ ދީނަށް ފުރައްސާރަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ސުވާލު އުފައްދަވައިފިއެވެ. 

ވައްޑޭ މިފަދަ ސުވާލެއް އުފެއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތާއި ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ޑރ. އިޔާޒު ކުރެއްވި ޓްވީޓްގައި ވަނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ "ތެޔޮ ބިޑި" އެއް ނުލިބިގެން ވީ މަޖުބޫރެއްގައި ކަމަށް ބުނެ އެއީ "ބަގާވާތެއް" ނޫން ކަމަށް ބުނެފައެވެ. 



ޑެ. އިޔާޒް މި ޓްވީޓަށް ރައްދު ދެއްވައި ވައްޑޭ ވަނީ ޝެއިޚުން އެހެން މީހުންނަށްވުރެ ހާއްސަވާ ސަބަބަކީ މުޖުތަމައުއަށް އަމަލުން ދައްކާ ރިވެތި އަޚްލާގުގެ ނަމޫނާ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް އަދަބެއް ސަބަބެއް ނެތް މީހުން "ޝެއިޚުން" ގެ ފަގުޑި އަޅައިގެން ތިބެ ހަގީގަތުގައި ކުރަމުންދަނީ ދީނަށް ފުރައްސާރަ ކުރުން ނޫންބާވައޭ ބުނެ ވައްޑޭ ވަނީ ސުވާލު އުފައްދަވާފައެވެ. 

ޑރ. އިޔާޒު މި މޭރުމުން ޓްވީޓް ކުރެއްވުމާއި ގުޅިގެން ވެރިކަން ކުރާ މައި ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އަންނަނީ އޭނާއަށް ރައްދު ދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު