ކާޑު ގުދަން ހިމެނޭ ސަރަހައްދުގައި ފެން ބޮޑުވެއްޖެ، ފެން ހިއްކުމަށް އެމްއެންޑީއެފް ނިކުމެއްޖެ

ރާއްޖެއަށް ބޭނުންވާ ކާޑު އެތެރެކޮށް، އެ ގުދަންކުރާ އެސްޓީއޯގެ ގުދަންތައް ހިމެނޭ ސަރަހައްދުގައި ފެންބޮޑުވުމުން، ފެން ހިއްކުމުގެ މަސައްކަތަށް އެމްއެންޑީއެފް ނިކުމެއްޖެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރެއިން ފެށިގެން މާލެއަށް އަންނަނީ ވާރޭ ވަހެމުންނެވެ.
އެމްްއެންޑީއެފުން ބުނީ މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި، އެސްޓީއޯގެ ފުށްގުދަން ހިމެނޭ ސަރަހައްދުގައި ފެންބޮޑުވެފައިވާކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތްކުރާކަމަށެވެ.
ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވެ އެވެ. ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި ގަދަވާނެ، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވެ އެވެ.