މާޅޮހުގައި ފެންބޮޑުވެ، ފެން ހިއްކުމުގެ މަސައްކަތަށް އެމްއެންޑީއެފް!

މާޅޮހުގައި ފެންބޮޑުވެފައި -- ފޮޓޯ: އެމްއެންޑީއެފް މާޅޮހުގައި ފެންބޮޑުވެފައި -- ފޮޓޯ: އެމްއެންޑީއެފް

ބ. މާޅޮހުގައި ފެންބޮޑުވެ، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދު ރާއްޖެތެރެއަށް އަންނަނީީ ބޯކޮށް ވާރޭ ވެހެމުންނެވެ. 

އެމްއެންޑީއެފުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި ފެން ހިއްކުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވެ އެވެ. ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި ގަދަވާނެ، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު