ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އެކަކުގެ ފައި ފިހިއްޖެ!

ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ އެކަކުގެ ފައި ފިހިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 07:49 ހާއިރުއެވެ. މިއީ ލޯންޗް ސްޓާރޓް ކުރަން އުޅުމުގެ ތެރޭގައި ބެޓަރީގައި ރޯވެގެން ހިނގި ހާދިސާއެއްކަމަށް ލަފާކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ރޯވި ވަގުތު އެ ލޯންޗު ތެރޭގައި ހުރި މީހަކަށެވެ. އޭނާގެ ފައި ފިހިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ރޯވި ލޯންޗް ވަނީ މިހާރު ބޭނުން ނުކުރެވޭ ވަރަށް އަނދައި، އަޑިއަށް ގޮސްފައެވެ.
މި ހާދިސާ އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރުދަނީ ބަލަމުންނެވެ.
މިލިޔުން ކިޔާލުމުން