ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލާގެ ހުކުމް އިއްވުން މި މަހުގެ 21 އަށް ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗަކުން ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެެކެވެ.

އެ ހުކުމާ ހިތްހަމަނުޖެހި، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިއެވެ. މި އަހަރުގެ ތެރޭގައި އަޑުއެހުންތައް ކުރިއަށް ގޮސް، ކޮވިޑާ ގުޅިގެން ހުކުމް ކުރުން އޮތީ ފަސްވެފައެވެ. އެހެންނަމަވެސް ކުރިން ނިންމާފައި އޮތީ މި މަހުގެ 14 ވަނަ ދުވަހު މި މައްސަލައިގައި ހުކުމް އިއްވުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ މަނީ ލޯންޑްރިންގެ އާ ދައުވާއެއް ވެސް އުފުލާފައެވެ. އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު