ގަމުން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

ލ. ގަމުން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. 

ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހަކު 12 ޖެނުއަރީ 2021 ގައި ދިން ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. ކޮވިޑަށް ގަމުގައި ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވީ 43 އަހަރުގެ އަންހެނެއް ކަމަށްވާއިރު އޭނާއާ ގުޅޭ އިތުރު ދެމީހުންގެ ނަތީޖާ އަދި ލިބިފައިވާ ނުވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.  

ގަމުން މީހަކު ޕޮޒިޓިވްވިއިރު އެރަށް މިހާރު ވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ. އެ ރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ގއ. ދެއްވަދޫއިން ލ. ފޮނަދޫއަށް ދިޔަ 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އިއްޔެ އެރަށުން 276 ރެންޑަމް ސާމްޕަލްއެއް ވަނީ ނަގާފައެވެ. 

ކިޔުންތެރިންގެ ހިޔާލު