ފަސް ރަށެއްގައި ޖަމްޢިއްޔާތަކުގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކުރިޔަށް ގެންދަނީ

ފަސް ރަށެއްގައި ޖަމްޢިއްޔާތަކުގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހާމަކޮށްފިއެވެ. 

އެ މިނިސްޓްރީއިން ވަނީ މި ވޯކްޝޮޕްތައް ހިންގަން ބޭނުންވާ މަދަނީ ޖަމްޢިއްޔާތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. އެގޮތުން އެ މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ މިވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވާ ރަށުގެ މަދަނީ ޖަމްޢިއްޔާއަކާއި ގުޅިގެން ކަމަށާއި އަދި ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ ޖަމްޢިއްޔާއަށް ވޯކްޝޮޕް ހޯސްޓު ކުރުމާއި، ވޯކްޝޮޕް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ޓްރެއިނިންގ ވޯކްޝޮޕް އޮން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓްގެ ނަމުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ވޯކްޝޮޕްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ އާއި، ގދ. މަޑަވެލި، ބ. ދަރަވަންދޫ، ރ. އުނގޫފާރު އަދި ޅ. ހިންނަވަރުގައެވެ. މި ޕްރޮގްރާމް ހިންގުމަށް ޖަމްޢިއްޔާތައް ހޮވާއިރު އެ ޖަމްޢިއްޔާއަކަށް ލިބިފައިވާ ތަޖުރިބާއާއި، ވޯކްޝޮޕް ހިންގުމުގައި އެހެން ފަރާތްތަކުގެ ބައިވެރިވުން އޮތް މިންވަރަށާއި، ވޯކްޝޮޕް ހިންގުމުގައި އެޖަމްޢިއްޔާއަކުން ކުރާނެ ޙިއްޞާގެ މިންވަރަށް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު