ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ކުރިޔަށް

މ. ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ބާރު ސްޕީޑްގައި ކުރިޔަށްދާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

އެމްޓީސީސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 63 އިންސައްތަ އެ ކުންފުނިން ވަނީ ނިންމާލާފައެވެ. އަދި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. 

މި މަޝްރޫޢުގެ ދަށުން، 300 × 800 ފޫޓު ބަނދަރު ބޮޑުކުރުމާއި، 350 މީޓަރު ބޭރުތޮށި ހެދުމާއި، 130 މީޓަރު ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރު އެއްގަމު ތޮށި ހެދުމާއި، 1880 އަކަމީޓަރު ޕޭވްމަންޓް ހެދުމާއި، 2 ނެރު ބައްތި ޖެހުމުގެ އިތުރުން 19 ބަނދަރު ބައްތި ޖެހުމަށް ވަނީ ނިންމާފައެވެ.

48,863,172.98 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 އޮގަސްޓް 2019ގައެވެ.

ކިޔުންތެރިންގެ ހިޔާލު