އިތުރު ދެ ކޭސްއާއެކު ގަމުން ޕޮޒިޓިވްވީ މީހުންގެ އަދަދު ތިނަކަށް

ގަމުން ސާމްޕަލް ނަގަނީ ގަމުން ސާމްޕަލް ނަގަނީ

ލ. ގަމުން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. 

ގަމުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވިކަން ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެގޮތުން 43 އަހަރުގެ އަންހެނަކު ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ކުޑަ ވަގުތުކޮޅެއް ކުރިން އެ ހޮސްޕިޓަލުން ވަނީ އެ 14 އަހަރުގެ އަންހެން ކުއްޖަކާއި 2 އަހަރުގެ ކުޑަކުއްޖަކު ހޯމް ކަރަންޓީނަށް ފަހު ނެގި ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. 

މިއާއެކު ގަމުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. އެރަށް މިހާރު ވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ. އެ ރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ގއ. ދެއްވަދޫއިން ލ. ފޮނަދޫއަށް ދިޔަ 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އިއްޔެ އެރަށުން 276 ރެންޑަމް ސާމްޕަލްއެއް ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު