ސަންގެލި ރިޕޯޓުން 27 މީހަކު ޕޮޒޒިޓިވްވެ، ޖުމްލަ އަދަދު 32 އަށް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 33 އަށް އަރައިފި އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބުދަ ދުވަހު ޕޮސިޓިވްވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮސިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުންކަމަށެވެ. އަދި މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީ ސްޓާފުންކަމަށެވެ.

3 ޖެނުއަރީގައި ބިދޭސީ ސްޓާފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީ.ސީ.އާރު ޓެސްޓް ޕޮސިޓިވްވުމުން، އެ ކޭސް އާއި ގުޅިގެން 8 ކޮންޓެކްޓުން ކަރަންޓީންކުރެވުނު އެވެ. އަދި 11 ޖެނުއަރީގައި ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 4 ސްޓާފުން ޕޮސިޓިވްވެފައިވެއެވެ. ނަމަވެސް މި މީހުންނަކީ ފުރަތަމަ ކޭސްގެ ކޮންޓެކްޓްސް އެއް ނޫނެވެ.

12 ޖެނުއަރީގައި ރެންޑަމް ސާމްޕްލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލް އަންގާރަ ދުވަހު ވަނީ ޕޮސިޓިވްވެފައިއެވެ. މީގެއިތުރުން ބުދަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު 8 ސްޓާފުން ވަނީ ޕޮސިޓިވް ވެފައެވެ.

އެހެންކަމުން މިރިސޯޓުން އެކު ޖުމްލަ 32 މީހުން ޕޮސިޓިވް ވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު