އަމީނިއްޔާގެ މުދައްރިސަކު ޕޮޒިޓިވްވެ، އިތުރު މުދައްރިސުން ކަރަންޓީނަށް

އަމީނިއްޔާ ސުކޫލުގެ މުދައްރިސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އިތުރު މުދައްރިސުންތަކެއް ކަރަންޓީންކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް 3 ގެ ޓީޗަރެއް ބުދަ ދުވަހު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިކަމަށެވެ. އަދި ކްލޯސް ކޮންޓެކްޓުން ގޮތަށް ދިމާވެފައިވާ އިތުރު ޓީޗަރުން ވަނީ ކަރަންޓީން ކުރެވިފައިކަމަށެވެ. 

އެޗްޕީއޭއިން ބުނީ ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައިވަނީ ސްކޫލުން ބޭރުގައިކަމަށެވެ. އަދި ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭކަމަށް އެޗްޕީއޭއިން ބުންޏެވެ. 

މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،277 އަށް އަރާފައެވެ. 


ކިޔުންތެރިންގެ ހިޔާލު