ދާންދޫ އަދި ވިލިނގިލިން ކޭސްތަކެއް ފެނި މޮނިޓަރިންގ ހާލަތަށް

ގއ. ދާންދޫ އަދި ގއ. ވިލިނގިލިން ކޮވިޑް 19 ގެ ކޭސްތަކެއް ފެނި ދެ ރަށް ވެސް މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.
މި ދެ ރަށް ވެސް މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ ގއ. ދެއްވަދޫގެ ކްލަސްޓަރ އާ ގުޅުން ހުރި ކޭސްތަކެއް އެ ދެ ރަށުން ފެނުމާއި ގުޅިގެންނެވެ. އެގޮތުން ދާންދޫއިން ދެމީހަކު ޕޮޒިޓިވްވެފައިވާއިރު ވިލިނގިލިން ވަނީ އެކަކު ޕޮޒިޓިވްވެފައެވެ. މި ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެޗްއީއޯސީއިން ހާމަކޮށްފައިވެއެވެ.
މި ދެ ރަށަށް ވެސް އަރާ ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ.
މިލިޔުން ކިޔާލުމުން