މުންދު ފުލުހަށް ހާޒިރުކުރަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް(މުންދު) އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޕީއެންސީއާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ބުނި ގޮތުގައި މުންދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ނަމަވެސް، މުންދު ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ކޯލިޝަނުން ނުބުނެއެވެ.

މުންދު ހާޒިރުކުރަނީ ކޮން މައްސަލައެއްގެ ތަހުގީގަކަށްތޯ ސާފުކުރަން ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅިގައިގެން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ކޮވިޑް19 އާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް އެއްވުންތައް ބާއްވާ މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން މީގެ ކުރިން ފުލުހަށް ހާޒިރުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު