ހެލްތު މިނިސްޓަރުގެ ނައިބަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި

މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމްގެ ނައިބަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ. 

މި މަގާމަށް ރައީސް ސޯލިހު މިއަދު އައްޔަނުކުރައްވާފައިވަނީ ހ. ފޭވަރ، ޞަފިއްޔާ މުޙައްމަދު ސަޢީދުއެވެ. ޞަފިއްޔާ މުޙައްމަދު ސަޢީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމުގައެވެ.

ޞަފިއްޔާ މުޙައްމަދު ސަޢީދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމްއިން މާސްޓަރ އޮފް އާޓްސް އިން އިންޓަރނޭޝަނަލް ރިލޭޝަންސް (ޑިޕްލޮމަސީ) ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޞަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު