ރައީސް ސޯލިހު ހިމެނޭ ގޮތަށް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކްރިކެޓް މެޗެއް ކުޅެނީ

ޝަރޫނާ އަބްދުﷲ
ފޮޓޯ: ސަން ފޮޓޯ: ސަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެޕްޓަން ކަން ކުރައްވާ ޓީމާއި އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ އެއާ އިންޑިއާ ބައްދަލު ކުރާ ހާއްސަ ކުރިކެޓް މެޗު ކުޅުމަށް ޓަކައި އިންޑިއާގެ ޓީމު ރާއްޖެ އައިސްފި އެވެ.

މި ހަރަކާތަކީ އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި ކުރިއަށްދާ ހަރަކާތެކެވެ. ކުޅިވަރު މިނިސްޓްރީ އަދި ކްރިކެޓް ބޯޑުގެ އިތުރުން އިންޑިއަން އެންބަސީ ގުޅިގެން ކޮންމެ އަހަރަކު ވެސް މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވާއިރު މިއީ އަދި އެ ހަރަކާތުގެ ފެށުމެވެ. 

އެއާ އިންޑިއާގެ ޓީމު ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް ސޯލިހު ކެޕްޓަންކަން ކުރައްވާ ޓީމާއެކު ކުޅޭ މެޗެއް ނޫނެވެ. ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމާއެކު ވެސް އެއާ އިންޑިއާގެ ކުޅުންތެރިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. 

މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަން މާލޭ އެކުވެނި ގުރައުންޑުގައެވެ. އަދި މި މެޗަކީ ތާރީހުގައި ލިޔވިގެންދާނެ ފަދަ މެޗެކެވެ. ސަބަބަކީ އެހާ މަތީ ފެންވަރުގެ ކުޅުންތެރިންނާއެކު އަދި ރާއްޖެއިން ކްރިކެޓް ކުޅެފައި ނުވާތީއެވެ. 

އިންޑިއާއާ އެކު 2011 ވަނަ އަހަރު ވޯލްޑް ކަޕު ކާމިޔާބު ކުރި ދެ ކުޅުންތެރިން ކަމަށްވާ ޔުވްރާޖް ސިންގާއި ހަރްބަޖަން ސިންގް ވެސް ކުރިން ވަނީ މި މެޗުތައް ކުޅުމަށް ރާއްޖެ އައުމަށް ހަމަޖެހިފައެވެ. ނަމަވެސް ދިމާވި މައްސަލައަކާއި ގުޅިގެން ނާދެވޭ ގޮތް މެދުވެރިވީއެވެ. 

މި މެޗުތަކުން ޔުވްރާޖް ސިންގާއި އިންޑިއާގެ ސުޕަރ ލީގުގައި ކުޅޭ ކުޅުންތެރިން ފެނިގެނދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ބެއްޔާ
ރައީސުލް ޖުމްހޫރިއްޔާ ވެއްޖެނޫންތޯ އިންޑިޔާގެ އެކްޓުރެސް އަކާއި އެކު ބޮލީވުޑުގެ ލަވައެއް ކުޅެލަން.. ދެގައުމުގެ ގުޅުންބަދަހިކޮއްލާ ހާދިސާތައް ފާހަނގަކޮއްލަން.