ކުރިއަށް އޮތް ތިން ދުވަހު މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭ ވެދާނެ

ޢަލީ ޔާމީން

މިދުވަސްކޮޅަކީ ސުކޫލުތަކުގެ ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދަކަށް ފްލައިޓް އޮޕަރޭޓް ކުރަމުންދާތީ، ބައެއް ފްލައިޓްތައް ޑިލޭ ވުން އެކަށީގެންވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ. 

މޯލްޑިވިއަންގެ ފަރާތުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މިތިން ދުވަހު މޯލްޑިވިއަނުން އޮޕަރޭޓް ކުރާ ބައެއް ފަލައިޓްތައް ޑިލޭ ވެދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް މިދުވަސްވަރު ނޫނަސް ވަރަށް ގިނައިން ޑިލޭ ވެއެވެ. އަދި މިކަމަކީ އާއްމުންގެ ފަރާތުން ޝަކުވާ ވެސް ވަރަށް ގިނައިން ކުރާ ކަމެކެވެ.

ނަމަވެސް މޯލްޑިވިއަނުގެ ފަރާތުން މިގޮތަށް މިކަން ކުރީ ބައިގައި އާއްމުންނަށް އެންގި ފުރަތަމަ ފަހަރަކީ މިއެވެ. 


ކިޔުންތެރިންގެ ހިޔާލު