މާލޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި އަލިފާން ރޯވެއްޖެ

ޢަލީ ޔާމީން

މާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އަލިފާން، ސައިކަލުގައި ރޯވެއްޖެއެވެ.

"ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަން ވިދާޅުވީ، ތާޖުއްދީން ސްކޫލު ކައިރީ ވެއްޓިފައި އޮތް ސައިކަލަކުން ދުން އަރާތީ އެކަމުގެ ރިޕޯޓް އިރުއޮއްސި 18:40 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން އެ ސަރަހައްދަށް ދިޔަ އިރު ދުން އެރުން ވަނީ ހުއްޓިފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ ނުވާ ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ސައިކަލުގެ ޕެޓްރޯލް ޓޭންކްގައެވެ. އަދި އަލިފާން ރޯވެފައިވަނީ ސްޒުކީ ޖީއެން 125 ސީސީގެ ސައިކަލެއްގައެވެ.

ތަފްސީލް އަންނަނީ......

ކިޔުންތެރިންގެ ހިޔާލު