މަހިބަދޫ ގެއެއްގައި އަލިފާން ރޯވެއްޖެ

ޢަލީ ޔާމީން

އދ. މަހިބަދޫ ގެގެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މަހިބަދޫ ގެއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް މިރޭ 7:20 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ރޯވި އަލިފާންގަނޑު މިހާރު ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ކުރި މަސައްކަތުން ނިއްވާލައިފައެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު