ދިވެހިންނަށް ވިސާއާއި ނުލާ، ތައިލެންޑަށް ދެވޭނެ ގޮތަށް ހަމަޖައްސައިފި

ޢަލީ ޔާމީން

ދިވެހިންނަށް ވިސާއާއި ނުލާ، ތައިލެންޑަށް ދެވޭނެ ގޮތަށް ހަމަޖެއްހިޖެއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން މިއަދު ވަނީ ހަމަޖައްސާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާއާއި ނުލައި ފަތުރުވެރިކަމުގެ ބޭނުމަށް ތައިލެންޑްގައި ދިވެހިންނަށް ތިބެވޭނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ތައިލެންޑްގެ އިތުރުން އިރުމަތީ އޭޝިއާގެ އެހެން ޤައުމުތަކަށްވެސް ފަސޭހަކަމާއިއެކު ދިވެހިންނަށް ޒިޔާރަތްކުރޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ވަކި ގައުމެއް ބާކީ ނުކޮށް ހުރިހާ ގައުމަކާއި އެކުގައެވެސް ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު