އެމްޑީޕީގެ ޖަގަހަތަކަށް ހަމަލާދިނަސް ރައްދު ނުދިނުމަށް ރައީސް ނަޝީދު އެދިއްލަވައިފި

ޢަލީ ޔާމީން

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ޖަގަހަތަކަށް ހަމަލާދިން ނަމަވެސް ރައްދު ނުދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މަޖިލިސް އިންތިހާބުގައި މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަކުރައްވާ، ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓުންގެ ޖަގަހަތަކަށް ހަމަލާދިން ނަމަވެސް އަދި އެކަންކަން ކުރަނީ ކޮންބައެއްކަން އެނގުނަސް، އެމްޑީޕީގެ އެއްވެސް މެމްބަރެއް އަދި ސަޕޯޓަރެއް ވެސް ރައްދު ނުދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މައްޗަންގޯޅީ ދެކުނު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ހައިތަމްގެ ޖަގަހައަށް ގެއްލުންދީ ބިއްލޫރިގަނޑު ރޭ ވަނީ ތަޅާލާފައެވެ. އަދި މީގެ ކުރިން  ގަލޮޅު ދެކުނު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މީކާއިލް ނަސީމްގެ ކެމްޕެއިން ޖަގަހައަށް ގެއްލުންދީ އޭނާއަށް ވަނީ މަރުގެ އިންޒާރުވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު