މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ޢަލީ ޔާމީން

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ

ފައިސާތައް ވަގަށް ނަގާފައިވަނީ  އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރައިން މިއަދު ހެނދުނު 8:30 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، މިފިހާރައިން 13،500 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން 2600، އަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގާފައިވާކަމަށް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި ފަހަކަށް އައިސް މާލޭގައި ވައްކަން  ކުރުމާއި ފޭރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު