މަޖްލީސް އިންތިހާބު ނުބާއްވާ ފަސް ކުރަން ވީ އެއްވެސް ސަބަބެއް ނެތް : ރައީސް

އާމިނަތު މުޙައްމަދު
ފޮޓޯ : ވީ ނިއުސް ފޮޓޯ : ވީ ނިއުސް

އެމްޑީޕީގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހަނިމާދޫއަށް މިއަދު ވަޑައިގެންފިއެވެ. ރައީސް ސޯލިހާ އެކު މިދަތުރުފުޅުގައި އެމްޑީޕިގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ އަބްދުލްގަފޫރު މޫސާ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން ހަނިމާދޫގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މި ފެށޭ އޭޕްރީލް މަަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލީސް އިންތިހާބު ނުބާއްވާ ފަސް ކުރަން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންތިހާބު ބާއްވާން ހަމަޖެހިފައި ވާ ގޮތަށް ކުރިއަށް ކަމަށެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހެން ވިދާޅުވެފައި ވަނީ އިންތިހާބު ފަސް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެެއްގައެވެ، މި ގޮތުން ސުޕްރީމް ކޯޓު މެދުވެރިކޮށް، އިންތިހާބު ފަސްކުރުމުގެ އަމުރެއް ނެރެން އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކު ސަރުކާރު ކޯލިޝަނުގައި އޮތްކަމަށްބުނާ ޖުމްހޫރީ ޕާޓީން ވެސް އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. މީގެ އިތުރުން އިންތިހާބު ފަސްކުރުމުގެ އަމުރެއް ހޯދުމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންވެސް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. 

މި ދަތުރުފުޅު ތެރެއިން ހަނިމާދޫގައި ޑިޓޮކްސް ސެންޓަރެއް ރައީސް މިއަދު ހުޅުވައި ދެއްވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު