މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުން ފާހަގަކުރުމުގެ ގޮތުން އެމްޑީޕީއިން ބޮޑު ހަފްލާއެއް ބާއްވައިފި

ސަދާ ސައީދު
ފޮޓޯ: އެމްޑީޕީ

ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ޕާޓީން ބޮޑު ހަފްލާއެއް ބާއްވައިފިއެވެ. 

ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބޭއްވި އެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތެވެ.

ލައިވް މިއުޒިކް ޝޯ އަކާއެކު ކުރިޔަށް ދިޔަ އެ ޖާފަތުގައި އެމްޑީޕީ ސެކެޓަރިއޭޓް އިން އިންތިޒާމްކޮށްފައިވާ ކެއުންތަކުގެ އިތުރުން އެމްޑީޕީން ވާދަ ކުރި 86 ދާއިރާގެ ފަރާތުން ތައްޔާރުކޮށްފައިވާ ކެއުންތައް ވެސް ހުއްޓެވެ. އެ ޖާފަތުގައި ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުންވަނީ ބައިވެރިވެފައެވެ.

އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު