ރައީސްގެ ފޭސްބުކް ޕޭޖު ވެރިފައިކޮށްފި

އާމިނަތު އަޙުމާ
ފޮޓޯ: މިހާރު

ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފޭސްބުކް ޕޭޖު ވެރިފައިކޮށްފިއެވެ.

މިކަން ވެރިފައިކޮށްފައިވަނީ ރައީސް ސޯލިހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ކޮށްފައިވާ ޓްވީޓެއްގައެވެ.


ހޫދު ވިދާޅުވިގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޭސްބުކް ޕޭޖަކީ: https://m.facebook.com/presidentsolih/ އެވެ.

މީގެ ކުރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަމުގައި އަސްލު ނޫން ފޭސްބުކް ޕޭޖެއް އުފައްދައިގެން ބަޔަކު ވަނީ ހިންގައިފައެވެ. ނަމަވެސް މިހާރު ވަނީ ރައީސް ސޯލިހުގެ އޮރިޖިނަލް ފޭސްބުކް ޕޭޖެއް އުފައްދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު