ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އަދިވެސް މަދެއް ނުވޭ

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ޕީއެސްއެމް

ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އަދިވެސް މަދުނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެދިޔަ ތިން އަހަރުގެ ޖެނުއަރީން އޭޕްރީލް މަހަށް ޑެންގީ ޖެހުނު މިންވަރަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަކަމަށެވެ.

އަދި، މި ހިނގާ މެއި މަހު ޑެންގީ ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން ރިޕޯޓް ކޮށްފައިވަނީ،  ހދ، ނ، ރ އަދި ލ އަތޮޅުން ކަމަށާއި، ޗިކުންގުންޔާ ޖެހިގެން މިއަހަރު މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ، ބ، ގއ އަތޮޅުންނާއި މާލެ އިން ކަމަށެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މީހާތަނަށް 926 މައްސަލަ ވަނީ ރިޕޯޓްކޮށްފައި ކަމަށް އެޗްޕީއޭ ބުނެއެވެ. އެހެންކަމުން ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު