އިއްޒުއްދީން ނެރާ ދިމާ ބެރުން ދެ ދޯނި ޖެހި އެކްސިޑެންޓްއެއް ހިނގައިފި

ސަދާ ސައީދު

މިއަދު މެންދުރު އިއްޒުއްދީން ނެރާ ދިމާލުން ދެ ދޯނިޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިއާ ވިދާޅުވީ އިއްޒުންދީން ނެރާއި ދިމާލުން ދެ ދޯނި ޖެހި އެކްސިޑެންޓް އެއް ހިނގި ކަމުގެ މައުލޫމާތު އެބޭފުޅުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ. 

މިހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއްވެފަ އެއް ނުވެއެވެ.

ކަނޑުމަތީ ހާދިސާތައް މަދުކުރުމަށް އަބަދުވެސް ސަމާލުވެ ތިބުމަށް ފުލުހުންނާއި އެމްއެންޑިއެފްއިން ދަނީ އިލްތިމާސްކުރައްވަމުންނެވެ. ފާހަގަކޮށްލަންޖެހޭ ވަރަކަށް ރާއްޖޭގައި ވަނީ މިހާރު އެކްސިޑެންޓްތައް ގިނަވެފައެވެ. 

މިދިޔަ ހަފްތާގައި އެކަނިވެސް 56 އެކްސިޑެންޓް ހިނގައި 11 ފަރާތަކަށް އަނިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު