އައިޖީއެމްއެޗްގެ އެމެޖެންސީ ޑިޕާޓްމެންޓްގައި އޭސީ ބެހެއްޓުމުގެ މަސައްކަތް ފަށައިފި

އާމިނަތު އަޙުމާ
ފޮޓޯ: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެމަޖެންސީ ޑިޕާޓްމެންޓުން ހަލާކުވެފައިވާ އޭސީތައް ބަދަލުކޮށް، އޭސީ އިންސްޓޯލް ކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، ފިނިކުރާ ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާއިރު، މި ހިނގާ މެއިމަސް ނިމޭ ހިސާބުގައި އެ ސިސްޓަމްތައް މެދުވެރިކޮށް އެއަރ ކޮންޑިޝަނަރ އޮޕަރޭޓްކުރަން ފަށާނެކަމަށެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ، މެއިމަހުގެ ފުރަތަމަ ހަފްތާގައި އޭސީ ހަރުކުރުމުގެ މަސައްކަތް ނިންމަން ހަމަޖެހިފައިވިނަމަވެސް ބޭނުންވާ ތަކެތި އައިޖީއެމްއެޗަށް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މަސައްކަތް ލަސްވީ ކަމަށެވެ.

އައިޖީއެމްއެޗްގެ އެމެޖެންސީ ޑިޕާޓްމެންޓްގެ އޭސީ ސިސްޓަމްތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމާއި ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ހޮސްޕިޓަލްގެ އެމެޖެންސީ ޑިޕާޓްމެންޓްގެ އޭސީތައް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ފަހުން އޭސީ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފައިވަނީ މިއަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު