ލުތުފަރު މަރާލީ އެއްޖިއްސުން ގުޅުން ހިންގާ ކަމަށްބުނެ:ފުލުހުން

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ޕޮލިސް

ށ.ޅައިމަގުގައި މަރާލުމަށް ފަހު ކަނޑު ފެއްތި ބިދޭސީ މީހާ، މަރާލީ އެއްޖިއްސުން ގުޅުން ހިނގާ ކަމަށްބުނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރާލާފައި ކަނޑު ފައްތާފައި އޮއްވައި ފެންނި ލުތުފަރު، މަރާލި ހާދިސާއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އޭނާ މަރާލީ އެއްޖިއްސުން ގުޅުން ހިންގަން މަސައްކަތް ކުރާ ކަމަށް ބުނެ ކަމަށާއި އަދި، ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ މިނި ކަށިތަކެއް ކަނޑުގެ އަޑިން ފުލުހުން ހޯދި ކަމަށެވެ. އަދި ލުތުފަރު މަރާލުމުގައި އުޅުނީ ތިން ބިދޭސީއަކު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވިދާޅުވީ، ލުތުފަރު މަރާލީ ބޯޓްގެ ފަލްކާ މަތީގައި ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އަދި އޭނާއަށް ޖިސްމާނީ ގޮތުން އެކި އަނިޔާތަކެއް ދީފައިވާ ކަމަށާއި، އޭނާ މަރާލުމަށް ފަހު އެންމެ ފުރަތަމަ ފަޅުތެރެއަށް އެއްލާލުމަށްފަހު، ހަމައެރޭ މެންދަމު 1:30 ހާއިރު އޭނާގެ ހަށިގަނޑު އަނބުރާ ބޯޓަށް ނެގި ކަމަށެވެ.

އަދި ލުތުފަރުގެ ހަށިގަނޑު ބޯޓަށް ނަގައި، ފެން ހިއްކުމަށްފަހު ރީތި ހެދުން ލައްވައި، އޭނާ ބޯޓްގައި ނިދާތާ ބޭއްވި ކަމަށެވެ. އަދި ފަހުން ލުތުފަރު މަރާލި ތިން ބިދޭސީން މަޝްވަރާކުރުމަށްފަހު އަނެއްކާވެސް ކަނޑު ފެއްތި ކަމަށެވެ. 

ފުލުހުން އިތުރަށް ވިދާޅުވީ، އެ މީހުން ލުތުފަރު މަރާލުމަށް ފަހު ހަށިގަނޑުގެ އެއްވެސް ބައެއް ވަކިކޮށް ހެދިކަމުގެ ނިޝާނެއް ނެތް ކަމަށާއި، އަދި ލުތުފަރުގެ ހަށިގަނޑު ކަނޑު އަޑީގައި އޮތުމުގެ ސަބަބުން، ކަށިތަކާއި މަސްތައް ވަކިވެ އަޑިން ފެނުނީ ކަށިކަމަށެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު