ފަނަރަ އަހަރުގެ ކުއްޖާ ވިހޭ ދަރިފުޅުގެ ޕޯސްޓްމޯޓަމް ހަދަނީ

ސަދާ ސައީދު

އުމުރުން 15 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު މަރުވެފައި އޮތުމުން، ހަގީގަތް ދެނެގަތުމަށް ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ތައްޔާރު ވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި އެ ކުއްޖާ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އެބޭފުޅުން ދަނީ މިހާރު ތައްޔާރުވަމުންނެވެ. 

ފުލުހުން ވަނީ މިހާރު އެ އަންހެން ކުއްޖާގެ ހާލު ސްޓޭބަލް ކަން ހާމަކޮށްފައެވެ. ނަވަމެސް އެކުއްޖާއަށް އަދި ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، 15 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި މިހާރު ވަނީ އޭނާގެ މަންމައާއި އަދި އޭނާގެ ލޯބިވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު