ނަވާރަވަނަ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީން ނެރެނީ އީވާ

ޢަލީ ޔާމީން

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން އީވާ އަބްދުﷲ ގެ ނަން ފާސް ކޮށްފިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާގެ ނަން ފާސްކުރީ މިރޭ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާޤުން އީވާގެ ނަން ފާސްވެގެން ދިޔައިރު، މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެނެވުމަށް ނަން ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ގެނެވުމަށް އެޕާޓީގެ ރައީސް އަދި މައްޗަންގޯޅީ މެދު ދާއިރާއަށް އިންތިހާބުވި ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ފާސްކުރައްވައިފައެވެ. އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު، މަޖިލީހުގެ ރައީސްގެ މަގާމަށް ގެނެވުމަށް ފާސްކުރީ 64 މެންބަރުންގެ އިއްތިފާޤުންނެވެ.


ކިޔުންތެރިންގެ ހިޔާލު