ރައީސްގެ މަރުހަބާ ރައީސް ނަޝީދު އާއި އީވާއަށް

ޢަލީ ޔާމީން
ފޮޓޯ: ސަން ފޮޓޯ: ސަން

އާ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޞޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށާއި މަޖިލިސް ނައިބު ރައީސް ކަމަށް ގެންނަން ފާސްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް މަރުހަބާ ވިދާޅުވާ ކަމަށާއި  މަޖިލީހުގެ އާ މެންބަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައިސް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ފުރަތަމަ ތާއީދު ކުރެއްވި ނަމަކީ ވިލުފުށީ ދާއިރާއަށް އިންތިހާބުވި މެންބަރު ހަސަން އަފީފް އަށެވެ. އަދި ރައީސް ނަޝީދު ތާއީދު ކުރެއްވީ އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށެވެ.

ކިޔުންތެރިންގެ ހިޔާލު