ތ. ކިނބިދޫ ސްކޫލުގައި ޑިޖިޓަލްކޮށް ރިޕޯޓް ފޮތް ދީފި

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުންނަށް މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ދީފި އެވެ.

ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ، ޑިޖިޓަލް ރިޕޯޓް ފޮތް ދިނީ ސްކޫލްގައި ކަރުދާހަށް ކުރާ ހޭދަ ވީހާވެސް ކުޑަ ކުރުމަށް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އެ ކަމުގެ ހުއްދަވެސް ދީފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިނބިދޫގައި އެލްކޭޖީއާއި ޔޫކޭޖީ ފިޔަވައި ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ދޫކުރީ ޑިޖިޓަލްކޮށެވެ.

ގާތްގަނޑަކަށް 190 ދަރިވަރުންނަށް ޑިޖިޓަލްކޮށް ރިޕޯޓްފޮތް ދޫކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އެ ސުލޫލުން ރިޕޯޓް ފޮތް ދޫކުރަން ނިންމާފައި ވަނީ ޑިޖިޓަލްކޮށެވެ.

ނިމިދިޔަ ޓާމުގެ ރިޕޯޓް ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު