އެލްކިއު ސްޕޯޓްސް ކުލަބުގެ 18 ވަނަ އަހަރީ ދުވަސް، އެތައް ކުޑަކުދިންނެއް ހެއްވާލައިފި

ޢަލީ ޔާމީން

މިއަހަރުގެ ފިތުރު އީދު ދުވަހަކީ އެލް ކިއު ސްޕޯޓްސް ކުލަބުގެ 18 ވަނަ އަހަރީ ދުވަހެކެވެ. އީދު ދުވަހާއި އަހަރީ ދުވަސް އެއްދުވަހަކަށް ވުމުން، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުލަބުގެ ފަރާތުން މިވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން އީދު ހަދިޔާ ބަހައިފައެެވެ.

އެގޮތުން އައިޖީއެމްއެޗްގައި އެނދުމަތިކޮށްފައި ތިބި ކުޑަކުދިންނަށް އެ ކުލަބުން އީދު ހަދިޔާ ބަހައިފައިވާއިރު، އީދު ނަމާދަށް ފަހުވެސް ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި އެކުލަބުން ވަނީ ކުދިންނަށް އީދު ހަދިޔާ ބަހައިފައެވެ.


އެލް ކިއު ސްޕޯޓްސް ކުލަބުގެ އޮފިޝަލަކު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ, އެކުލަބަކީ އަބަދުވެސް އިޖުތިމާއީ ކަންކަމަށް ޚާއްސަ އިސްކަމެއް ދެމުން އަންނަ ކުލަބެއް ކަމަށެވެ. 

"އަޅުގަނޑުމެންގެ ކުލަބަކީ އަބަދުވެސް އިޖުތިމާއީ ހަރަކާތްތަކަށް ޚާއްސަ އިސްކަމެއްދެމުން އަންނަ ކުލަބެއް. އެގޮތުން އަޅުގަނޑުމެން ވާނެ އެހީއަށް ބޭނުންވެފައިވާ ތުއްތު ކުދިންނަށް ފައިސާ ހޯދައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި" އޮފިޝަލް ވިދާޅުވިއެެވެ.


ދެހާސް އެއްވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވުޖޫދަށް އައި އެލް ކިއު ސްޕޯޓްސް ކުލަބު ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް 2001 ވަނަ އަހަރުން ފެށިގެން އެ ކުލަބަކީ އެކި ކުޅިވަރުތަކާއި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ކުލަބެކެވެ. އެގޮތުން ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ އަދި ބާސްކެޓް ބޯލް އަދި ބައިބަލާ މުބާރާތްތަކުގައި އެކުލަބުން އަންނަނީ ބައިވެރިވަމުންނެވެ. އަދި ޒުވާން މޫނުތަކާއި އެކު މަޝްހޫރިވި "ބެރު ގަބީލާ" އަކީވެސް އެކުލަބުގެ ގްރޫޕެކެވެ.

ކިޔުންތެރިންގެ ހިޔާލު